އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، 2026 ވަނަ އަހަރުގެ ފީފާ ވަރލްޑްކަޕްގެ ތަށި ސްޕެއިނުން އުފުލާލައިފިއެވެ.
ނިއުޔޯކްގެ ނިއުޖާޒީގައި މިރޭ ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް ދެ ޓީމު އޮތީ ލަނޑެއް ނުޖެހި ހަމަހަމަކޮށެވެ. ސްޕެއިންގެ މޮޅު ކުޅުމުގެ ނަތީޖާ ފެނިގެންދިޔައީ 105 ވަނަ މިނެޓުގައި ފެރަން ޓޮރެޒް ޖަހައިދިން ހަމައެކަނި ލަނޑުންނެވެ.
މުޅި މެޗުގައިވެސް ބޯޅަ ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދީ ސްޕެއިނުންނެވެ. ވަރަށް އޮގަނައިޒްކޮށް، ރޭވުންތެރިކަމާއެކު ސްޕެއިންގެ ޓީމުން ކުޅެމުންދިޔައިރު، ދިފާއުގައިވެސް އެޓީމު ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް މެޗުގައި ފާހަގަކޮށްލެވޭފަދަ ފުރުސަތެއް ތަނަވަސްކުރެވިފައި ނުވެއެވެ.
މި މޮޅާއެކު ސްޕެއިނުން ވަނީ ދެވަނަ ފަހަރަށް ވަރލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ލިއޮނަލް މެސީގެ އާޖެންޓީނާއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ދިފާއުކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ކޮމެންޓު ފޮނުވާ