އެންމެ ބޮޑު ގޮެންޖެހުމަކީ މަޖިލީހާ ޖޭއެސްސީ މައްސުނިވުން: ޢަލީ ޙުސައިން

އެންމެ ބޮޑު ގޮެންޖެހުމަކީ މަޖިލީހާ ޖޭއެސްސީ މައްސުނިވުން: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
22 އޭޕްރިލް 2021 10:23
0

މިއަދު ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި، ޖުޑީޝަލް ސާރވިސް ކޮމިޝަން މައްސުނިވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. ނަމަވެސް ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެކަން ކުރެވިފައިނުވާތީ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ އެކައްޗަކަށް ވެފައިވުންކަމަށެވެ. އެގޮތުން ބާރުތައް އެއްވެ މަސްހުނިވެފައިވާކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

އަޅުގަނޑު ހަނދާންވާގޮތުން އިސްލާޙީ މަސައްކަތަށް ނިކުތް ގިނަދިވެހީން އަޑަށްބާރުލާފައި ގޮވި އެއްވާހަކަ އަކީ ތިންބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމެއްގެ ވާހަކަ.

– ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން

ޢަލީ ހުސައިން މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި ތިއްބަވައެވެ. ސަރުކާރުން އެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެކަމަށް ބުނެފައިވާއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ، މިހާތަނަށް އެފަދަ އިޞްލާހެއްވެސް މަޖިލީހަށް ހުށައަޅާފައެއްނުވެއެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އިންނަވައެވެ. ޖޭއެސްސީގެ ރައީސް އަކީ ޙިސާން ޙުސައިންއެވެ.

ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Ibrahim
Jsc ge raees hisaan hussain akee islaamee shareeath ga anhenaa ge aura engilavvaa meeheh hen hiyeh nuvey. Beyruge gaumu thakun valu gaanoon kiyavaigen kon insaafeh tho gaaim kureveynee. Hisaan hussain akee amalaa bahaa dhimaavaa meeheh noon.
I Ibbe.
Saabas ali hussein. Thiyaee dhivehi gaumu edhi govaafadha dharinnakee. Hisaan hussein men baaru libuneemaa composition badhalu kuran beynumeh nuvaane. Beynun vaanee baaruthah mushu there ah jamaakuran. Kihaadhuvaku thiya baaru dhemi onnaane baa..hisaan men kanthah thah kuraagoi dhivehi rayyithun varah rangalhah balamun gendhanee. Mdp thaaeedh kudavamun dhaathan adhives nufeneytho.