ޕްރޮގްރެސިވް ކޯލިޝަނުން އިޙުޔާ ޖަލްސާއެއް މިރޭ ބާއްވަނީ

ޕްރޮގްރެސިވް ކޯލިޝަނުން އިޙުޔާ ޖަލްސާއެއް މިރޭ ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 10:21
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް ދިރުވާ އާލާކުރުމަށް ބާއްވާ ފުރަޔަމަ އިހުޔާ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިރޭ 21:45 ގައި ޕީޕީއެމް އޮފީހުގެ ޖަލްސާކުރާ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ރަމަޞާން މަހުގެ މާތްކަމާއި، ރޯދައިގެ މަތިވެރިކަމާއި އަދި ދީނީ ގޮތޮން ގިނަ މައުލޫމާތުތަކެއް ދިނުމަށް ހަމަ ޖެހިފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިރޭގެ ޖަލްސާގައި ދަރުސް ދެއްވާނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޑރ.ޝަހީމް ދީނީ އިލްމުގެ އެގެންނެވުމަށާއި، ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށް މިހާރުވެސް ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން މައުލޫމާތު ދެއްވަމުންދާ ބޭފުޅެކެވެ. ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވި ކަމުގައިވީނަމަވެސް ޑރ.ޝަހީމް ފާހަގަ ވެފައިވަނީ އިސްލާމްދީން ކުރިއަރުވައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ގޮތުގައެވެ.

ރަމަޞާން މަހުގެ ރޭތައް އިހުޔާ ކުރުމުގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވާއިރު މިރޯދަމަހު އިތުރު ޖަލްސާތަކެއް ބޭއްވުމަށްވެސް މަސައްކަތް ކުރާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.