ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް އެމްޑީޕީން ދައްކަމުންދާ ވާހަތަކަކީ ސިއްރު ސިއްރުން ދައްކަމުންދާ ވާހަކަތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އަނެއްކާވެސް މަސައްކަތް ފަށާފައިވާ ދަނޑިވަޅުގައި އެކި ބޭފުޅުން ދައްކަވަމުންދާ ވާހަކަތަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވާހައަކައަކީ އެމްޑީޕީން ސިއްރުން ދައްކާ ވާހައެއް ނޫންކަމަށެވެ. އަދި އެވާހަައަކީ އެމްޑީޕީން އިއްޔެ އަކު މިއަދަކު ދައްކަމުންދާ ވާހަކައެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތަތު ތަކަކީވެސް އަދި މިހިނގާ ދައުރުގެ އެމްޑީޕީގެ މެނެނިފެސްޓޯވެ ދެއްކީ ހަމަ މިވާހަތައްކަމަށް ވަހީދު ވިދާޅުވިއެވެ.
މިއީ އެމްޑީޕީން ސިއްރުން ދައްކަން ފެށި ވާހަކައެއް ނޫން. އަދި ކުއްލިއަކަށް މިއަދު ދައްކަންފެށި ވާހަކައެއްވެސް ނޫން. މިއީ އެންމެ ފުރަތަމަވެސް އެމްޑީޕީން ދެއްކި ވާހަކަ. އަދި މިހިނގާ ރިޔާސީ ދައުރުގެ އެމްޑީޕީ މެނިފެސްޓޯގައިވެސް ދެއްކި ވާހަކަ.
– ވަހީދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ އެޕާޓީގެ ތެރޭގައިވެސް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެކަމަށް އަދި މާބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ. ބަރުލަމާނީ ނިޒާމަށް ދެވެން އޮތް ގޮތަކީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ނަޝީދާއި، ސިޔާސީ ހުރިހާ ބޭފުޅުންވެސް އެއްބަސްވެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ހަމައެކަނި ސިޔާސީ ލީޑަކަށް މިވަގުތު ހުންނެވީ ރައީސް ނަޝީދު އެކަންޏެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ