ދައުލަތު ވަޒީފާގައި ހުންނަ މުއްދަތުގައި އަސާސީ ޕެންޝަން ނުލިބޭ ގޮތަށް އިޞްލާހެއް

ދައުލަތު ވަޒީފާގައި ހުންނަ މުއްދަތުގައި އަސާސީ ޕެންޝަން ނުލިބޭ ގޮތަށް އިޞްލާހެއް

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2021 05:12
0

އަސާސީ ޕެންޝަން ލިބޭ މީހުން ދައުލަތު ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ޕެންޝަން ނުލިބޭގޮތަށް ގާނޫނަށް އިޞްލާހު ހުށައަޅާ ބަހުސްކުރަން ފަށައިފިއެވެ. ޕެންޝަނާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން މި އިޞްލާހު ހުށައެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާންއެވެ.

ޝިޔާން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރުގޮތެއްގައި ދައުލަތާއި މުޖުތަމަޢަށް އެންމެ ފައިދާ ހުރިގޮތަކަށް ޚަރަދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ދައުލަތުގެ މުވައްޒަފުން
ވަޒީފާއިން ވަކިވުމުން ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން ޢިނާޔަތްތައް ދިނުމުގެ ކަންކަން ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށްޓަކައިކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޚިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފޯރުކޮށްދޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ އިދާރީގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމުގައި ހަމަޖައްސައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެހެން ޤާނޫނެއްގެ ދަށުން ދެމުން އައި އެހެނިހެން ޕެންޝަން ހުއްޓާލައި، ދައުލަތުގެ އެހެނިހެން ޕެންޝަން ދިނުމާގުޅޭ އިތުރު އުސޫލުތައް ކަނޑައެޅުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި އިޞްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމަށް ވިދާޅުވިއެވެ.

ޝިޔާން ހުށައެޅުއްވި މި އިޞްލާހާއެކު ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ފައިސާ އިދާރީ ގޮތުން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ޕެންޝަން އޮފީސް ހަމަޖެހިގެންދާނެއެވެ އަދި އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ޕެންޝަން އޮފީހަށް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ކަނޑައެޅިގެން ދާނެއެވެ.

ޝިޔާން ވިދާޅުވީ މި އިޞްލާހުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ޕެންޝަނަށް ކުރާ ޚަރަދު ކުޑަވެގެންދާނެކަމަށެވެ. އެގޮތުން މި އިޞްލާހުގެ ދަށުން ދައުލަތަށް ލިބޭ ސޭވިންސް ބިނާވާނީ މި ގާނޫނުން ލިބިދޭ ބާރުތަކާއެކު ދައުލަތުގެ އެހެނިހެން ޕެންޝަންތައް ދެވޭނެ ގޮތާއި މިންވަރާ ގުޅޭ ގޮތުން ދައުލަތުން ކަނޑައަޅާ ސިޔާސަތުގެ މައްޗަށްކަމަށެވެ. މިވަގުތުގެ އަންދާޒާ އަކީ 10 އަހަރުގެ މުއްދަތަކަށް 1.5 ބިލިއަން ރުފިޔާގެ ސޭވިންގްސް ލިބުން ކަމަށާއި، މި 10 އަހަރުގެ ފަހުން ވެސް މީގެ ފައިދާ ސޭވިންގްސް ގޮތުގައި ދައުލަތަށް ލިބެމުން ދާނެކަމަށް މެންބަރު ވިދާޅުވިއެވެ.

މި އިޞްލާހަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ފެނިގެންދަނީ ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅޭ މަންޒަރުކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ. ޚާއްޞަ ކޯވީޑްގެ މި ދުވަސްވަރު މި އިޞްލާހުގެ ސަބަބުން އިނާޔަތް ލިބޭ އެތައް ރައްޔިތުންނަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަންޖާ
މިއޮތީ ބަލާވެރިކަމެއް ކޮންއިއްޒަތްތެރިއެއް ވެގެން އުޅޭކަށް މިއާލާތުންގެ އިނާޔަތްތައް ކުޑަކޮށްބަލަ އަމިއްލަޔަށް މުސާރަޔާ އިނާޔަތްތަކާ ކަނޑައަޅައިގެން އަޅޭ ދިވެހިން މިތިބީ ބޮލަށް ތެލިވެއްޓިފަތަ
އ އައިސް
ﷲ މި ނުލަފާ މީހާ އަށް ރަގަޅު ގޮތެއް މެދުވެރި ނުކުރައްވާށި ...
A Adindaa19
Bodun nah abaduves molhu goi . Nikamethin nah dera goi.. Hihthiri kan eba feney. Vote aa kairiveema den naannaathi . Nudeynan voteh. Pension ah ves libenee madu laari kolheh . 20 aharu vanden geynuneema . Den eves thi Kandaalee .
H Hum
Mikahala biluthah majileehah mivahdhanee miulhey mdp ge raeeskankuraa nasheedu aa eynaayah baiathi hifaa mdp ge haehka membarunge balaa verikan mee bala majilees membarunge musaarayaa inaayah kudakuran bilhusha naalhanee keehve tha
ދ ދާލި
މެމްބަރުން މެމްބަރު ކަމުން ވަކިވީމަވެސް ލިބޭ ފައިސާ ކަނޑާލާ މެމްބަރުންގެ މުސާރަ %50 ކުޑަކުރަން ހުށަހަޅަންވީ ނޫންތޯ؟. އެތައް އަހަރެއްގެ ކުޑަ މުސާރައިގެ މަސައްކަތް ކުރުމުން ލިބޭ ކުޑަ ފައިސާ ކޮޅު ކަނޑާނުލާ. ސިފައިންނާ ޕޮލިސް އަދި ޖުޑިޝަރީންވެސް ކަނޑާލަން ނުކެރުނީ ސަރުކާރު ވެއްޓިދާނެތީ ތޯ؟ މިއީދެން ބޮޑުވަރު. އަޅުގަނޑަކީވެސް އެމް.ޑީ.ޕީ އަށް ތާއީދު ކުރާ އެމް.ޑީ.ޕީ މީހެއް. އެކަމަކު މިކަހަލަ ކަންތަކުން މިހާރު ފޫހިވާން ފަށައިފި.
ރ ރަތްހުދުފެހި
މެމްބަރުން ނަގަމުންދާ ބޮޑުމުސާރަތަކާ އިނާޔަތްތަކުގެ %50 ކަންޑާލެވިއްޖެނަމަ އާއްމުމީހާ ހިތްހަމަޖެހިފަ ދައުލަތުގެ ސޭވިންގް މާބޮޑައްވެސް ރަނގަޅުވެގެންދާނެ!