ޕޮލިސް ބޯޑުގެ ރައީސްއަކަށް ފާއިޒް، ނާއިބު ރައީސްއަކަށް ފަޔާޒް

ޕޮލިސް ބޯޑުގެ ރައީސްއަކަށް ފާއިޒް، ނާއިބު ރައީސްއަކަށް ފަޔާޒް

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2021 05:00
0

އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލެއްވި ޕޮލިސް ބޯޑުގެ ރައީސްއާއި ނާއިބު ރައީސްކަމަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.

އެގޮތުން ޕޮލިސް ބޯޑުގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ މއ. މަނާގެ ޢަލީ ފާއިޒުއެވެ. އަދި އެ ބޯޑުގެ ނާއިބް ރައީސް ކަމަށް އިންތިޚާބުކޮށްފައިވަނީ މ. ހަޒާރީވިލާ، އަޙްމަދު ފަޔާޟް ޙަސަންއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން "ޕޮލިސް ބޯޑު" އެކުލަވައިލައްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ 7 މެންބަރުން:

1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

"ޕޮލިސް ބޯޑު"ގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.