ޢުމަރު ޢަބްދުއްރައްޒާގު ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަށް

ޢުމަރު ޢަބްދުއްރައްޒާގު ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަށް

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2021 04:00
0

ދިވެހިރާއްޖެއިން ޤަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް، ދިވެހި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤު އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފޮރިން މިނިސްޓަރ ޝާހިދު އިއުލާންކުރެއްވީ ރައީސް ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޤަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް އުމަރު އަބްދުއްރައްޒާޤު ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

ޤަތަރާއިއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނައަހަރުގެ ޖޫންމަހުގެ 5 ވަނަދުވަހުއެވެ. ރާއްޖެއިން އެގޮތަށް ނިންމީވެސް ސައުދީން ޤަތަރާއި ގުޅުން ކަނޑާލުމުންނެވެ.

ރާއްޖެއާއި ޤަތަރާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނައަހަރުގެ މޭ މަހުގެ 26 ވަނަދުވަހުއެވެ. އެ ގުޅުން ކަނޑާލިކަން އިއުލާންކޮށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ޤަތަރާއި ގުޅުން ކަނޑާލަން ނިންމީ ޓެރަރިޒަމާއި ހައްދު ފަހަނަޅާ ދިއުމާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.