މަތިވެރިން 10 މީހަކު ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑަކަށް

މަތިވެރިން 10 މީހަކު ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑަކަށް

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 01:54
0

އއ.މަތިވެރިން 10 މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

މަތިވެރި ސިއްހީ މަރުކަޒުން ބުނެފައިވަނީ އެރަށުން ނެގި 15 ސާމްޕަލްގެ ތެރެއިން 10 ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ މީހުން ދިރިއުޅޭ ގެތައް މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒުން ބުނެއެވެ.

ރޯގާގެ އަލާމާތްތައް ހުރެގެން އިއްޔެ އެކަނިވެސް 40 އަށްވުރެ ގިނަ މީހުން ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކިއިރު، މީގެތެރެއިން 18 މީހުންގައިން ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދާފައިވެއެވެ. މީގެ ތެރެއިން 10 މީހެކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ގާތުން ދިމާވި މީހުންނެވެ. މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.