ޓޮމް އަކަށް އެމްޑީޕީއެއް ނޭގޭނެ، މާބޮޑަށްވެސް އާވާނެ: ނިހާދު

ޓޮމް އަކަށް އެމްޑީޕީއެއް ނޭގޭނެ، މާބޮޑަށްވެސް އާވާނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 12:12
0

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުއަށް އެމްޑީޕީއެއް ނޭގޭނެ ކަމަށާއި، އެމްޑީޕީއަށް ތޯރިގު މާބޮޑަށްވެސް އާވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާތު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދުމަށް މަޝްވަރާ ފަށާފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ. ނިހާދު ވިދާޅުވީ އެމްޑީޕީގެ ކަންކަން ހިނގާގޮތްވެސް އަދި އެމްޑީޕީވެސް ޓޮމްއަކަށް އެގި ވަޑައި ނުގަންނަވާނެ ކަމަށެވެ.

ޓޮމް އަކަށް އެމްޑީޕީ އެއް ނޭގޭނެ! މާ ބޮޑަށްވެސް އާވާނެ! ވަރަށް ވެދުން.

– ނިހާދު ވިދާޅުވިއެވެ.

މިމައްސަލާގައި މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގަން މަޝްވަރާ ކުރަމުންދާކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ވަކިވަކި މެމްބަރުން ތިއްބެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ނުރުހުން ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާ ކުރެވެންފަށައިފި. ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ.

– ތޯރިގު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ވާހަކަ ފެންމަތި ވެފައިވަނީ ފަހަކަށް އައިސް ރައީސް ނަޝީދާއި، ރައީސް ޞާލިހާއިމެދު ގުޅުން ގޯސްވެ ޚިޔާލް ތަފާތުވެފައިވަނިކޮށެވެ. އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބައެއް ކަންކަމުގައި މަޖިލީހުގެ ރިޔާސަތުން އެކަމަށް ހުރަސް އަޅުއްވަުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.