ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު | ފޮޓޯ:އެފްއޭއެމް

މާޒިޔާ އަކީ ވަރުގަދަ ޓީމެއް، ބަލިކުރަން އުނދަގޫވާނެ: ނިސްތާރު

މާޒިޔާ އަކީ ވަރުގަދަ ޓީމެއް، ބަލިކުރަން އުނދަގޫވާނެ: ނިސްތާރު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެޓީމު ބަލިކުރަން އުނދަގޫ ވާނެ ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ނިސްތާރު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ނިސްތާރު ބުނީ، މާދަމާ ރޭ މި ނުކުންނަން ޖެހެނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމާއި ދެކޮޅަށް ކަމަށެވެ. ނިސްތާރު ބުނީ މާޒިޔާ ބަލިކުރުމަކީ އުނދަގޫ ޓާސްކެއް ކަމަށާއި، ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓާއި ހަމައަށް އެކަން ކުރަން މަސައްކަތް ކުރާނެކަމަށެވެ. ނިސްތާރު ބުނީ ދިވެހި ޕްރިމިއަރ ލީގުގައި އެއްވެސް ޓީމަކަށް ބަލި ނުކުރެވޭ ފެންވަރުގެ ޓީމެއް އޮންނާނެކަމަށް އޭނާ ގަބޫލް ނުކުރާކަމަށެވެ.

އަޅުގަނޑުމެން މިހާރު މި ނުކުންނަނީ އެންމެ ވަރުގަދަ ޓީމާއި ރާއްޖޭގައި އޮތް. އަންބީޓަން ޓީމެއް ދެން. އަޅުގަނޑުމެން އަދި ހަނދާން އެބަހުރި މިދިޔަ މެޗުގައި ވީގޮތް. އެހެންވީމަ އިންޝާﷲ ވަރަށް ޕްރިޕެއާޑް މި މެޗަށް.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ މި މެޗުގައި ޕްރެޝަރު ބޮޑުވާނީ ގްރީން ސްޓްރީޓަށްވުރެއް ބޮޑަށް މާޒިޔާއަށް ކަމަށެވެ. އެހެންކަމުން މިއީ ގްރީންއަށް ލިބޭނެ ފައިދާއެއްގެ ގޮތުގައި ކޯޗު ސިފަކުރެއެވެ.

މާޒިޔާ އާއި ދެކޮޅަށް ކްލަބް ގްރީން ސްޓްރީޓްސް ނުކުންނައިރު، ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މާޒިޔާއެވެ. ގްރީން ސްޓްރީޓްސް އޮތީ 13 މެޗު ކުޅެގެން ލިބުނު 19 ޕޮއިންޓާއެކު 3 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *