މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައާއި، ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުން ތާއީދު ނެތް ޕާތީތައް ވެރިކަމުގައި ބަސްކިޔަން ތިބެވިދާނެ ކަމާއިމެދު ސުވާލު އުފެދޭ ކަމުގައި ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ މަންރަހުގައި ކަންކަން ހިނގަމުންދާ ގޮތާއި، އަދި ޚާއްސަކޮށް އިންތިޚާބުތަކުން ފެންނަމުންދާ ނަތީޖާތަކަށް ރިޢާޔަތްކޮށް ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައި މާބޮޑު ސިޔާސީ ބުރަދަން ހުރި ޕާތީޓަކަށް ކަމަށް ދެކިގެން ތިއްބެވި ބައެއް ޕާޓީތަކަކީ ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތްބައެއްކަން ނިމިދިޔަ އިންތިޚާބުތަކުން ހާމަވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮޑިއެއްވެސް ނެތް، އަދި ނިމިދޔަ ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުންގެ އެއްވެސް ތާއީދެއް ނުލިބޭ ޕާޓީތައް ސަރުކާރުގައި ބަސްކިޔަން ތިބުމަކީ ޑިމޮކްރަޓީކް ހަމަތޯ ދިޔާނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ރައްޔިތުންގެ މަޖިލިސްގައި ގޮޑިއެއް ނެތް، ކައުންސިލް ތަކުގެ ހައެއްކަ ގޮޑިވެސް ނެތް (ޔައުނީ ރައްޔިތުންގެ ތާއީދު ނެތް) މަމް އެންޑް ޕޮޕް ޕާޓީސް ތައް ކޯލިޝަން އޭ ކިޔައިގެން ސަރުކާރު ތެރޭގައި ބަސް ކިޔަން ތިބެވޭނެތޯ، މީ ކޮން ޑިމޮކްރަޓިކް ހަމައެއްތޯ، މި ބަހުސް ކުރަމާ ހިނގާ.
– ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއަށާއި، އެމްްއާރު އެމްއަށެވެ. މަޖިލީހުގައިވެސް މިދެޕާޓީ ތަމްސީލް ކުރާނެ އެއްވެސް މެމްބަރެއް ނީއްނަވައެވެ. އަދ ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް މިދެޕާޓީއަށް ލިބިފައިވަނީ ވަރަށް މަދު އަދަދެއްގެ ގޮޑިތަކެވެ.
ވެރިކަން ކުރާ ކޯލިޝަންގެ އެންމެ އިސްލީޑަރުންގެ ގޮތުގައި އެމްއާރުއެމްގެ ރައީސް މައުމޫންއާއި އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދަނީ ހަރަކާތްތެރިވަމުންވެ. އެމްއާރުއެމް އާއި އަދާލަތު ޕާޓީގެ ސްލޮޓްގައިވެސް ގިނަ ބޭފުޅުން އެކި ވަޒީފާތައް އަދާކުރައްވަމުންދާއިރު، އިންތިޚާބީ ނަތީޖާތަކުން މި ދެޕާޓީއަށް މާބޮޑު ކާމިޔާބެއް ނުލިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ދެޕާޓީއަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ