އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ހެލްތުން މީހުން ގެންނަ މައްސަލައެއް

އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ހެލްތުން މީހުން ގެންނަ މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2021 03:17
0

ދިވެހި އެމްޕްލޯއިމަންޓް އެޖެންސީތަކަށް ފުރުސަތު ނުދީ އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ހެލްތު މިނިސްޓްރީން 520 މަގާމަކަށް މީހުން ހޯދާތީ، ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ މޯލްޑިވްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހެލްތް މިނިސްޓްރީއަށް ބޭނުންވާ ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ފަންނީ ޕްރޮފެޝަނަލުން ގެންނަމުން އައިސްފައި ވަނީ ރާއްޖޭގައި ރެޖިސްޓަރ ކުރެވިފައިވާ އޭޖެންސީތައް މެދުވެރިކޮށެވެ. އެހެންނަމަވެސް މިދިޔަ މަހު ހެލްތުން ވަނީ ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބޭރުގެ ފަރާތްތައް ރެކްރޫޓް ކުރަމުން އައި ގޮތަށް ބަދަލު ގެނެސްފައެވެ.

ހެލްތު މިނިސްޓްރީން މިދިޔަ މަހު ވަނީ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބިދޭސީން ރެކްރޫޓްކުރަމުން ގެންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތްތައް މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުން ކުރިއަށް ގެންދާގޮތަށް ނިންމައި، އެޕްލިކޭޝަންތައް އެ ދުވަހުން ފެށިގެން ބަލައިގަންނަމުންދާނީ، އެކެނޑިޑޭޓެއްގެ ޕާސަނަލް އީމެއިލުން ކަމަށް ހެލްތުން ނިންމިއެވެ.

އިންޑިއާގެ ނޫސްތަކުގައި މިދިޔަ ހޮނިހިރު ދުވަހު، އެގައުމުގެ އެމްޕްލޮއިމަންޓް އޭޖެންސީއެއް ކަމުގައިވާ " ނޮރަކް ރޫޓްސް" މެދުވެރިކޮށް 520 މަގާމަކަށް މީހުން ހޯދުމަށް ވަނީ އިއުލާނު ކޮށްފައެވެ. މި ކަމާއި ގުޅިގެން ދިވެހި އެމްޕްލޯއިމަންޓް އޭޖެންސީތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން އޭޖެންސީތަކުގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ އޭޖެންސީތައް ބާކީ ކޮށް އެ ފުރުސަތުތައް އިންޑިއާގެ އޭޖެންސީތަކަށް ދީގެން ކުރާ މަސައްކަތް އެ ޔޫނިއަނުން ވަރަށް ބޮޑަށް ކުއްވެރި ކުރާކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންޕްލޯއިމަންޓް އެޖެންސީތައް އެއްފަރާތްކޮށް، މިނިސްޓްރީ އޮފް ހެލްތުން ކުރަމުން މިގެންދާ މަސައްކަތަކީ ކަނޑައެޅިގެން ގާނޫނާއި ހިލާފު މަސައްކަތެއް ކަމަށްވެސް އޭޖެންސިތަކުގެ ޔޫނިއަނުގެ ބަޔާނުގައި ބުނެފައިވެއެވެ. ސީދާ އިންޑިއާގެ އެޖެންސީތައް މެދުވެރިކޮށް، ހެލްތު މިނިސްޓްރީން ފަންނީ މުވައްޒަފުން ހޯދަން ކުރާ މަސައްކަތް، އެ އެސޯސިއޭޝަން އިން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލާމް
މީވާ ހެޔޮ ވެރިކަމެއް.... ދިވެހި ރާއްޖެ ހިންގުމުން އިބްރާހިމް މުހަންމަދު ސޯލިހު ދުރުކޮށް ރައީސް ކަން ކުރަން ވެސް އިންޑިއާ ދޭންވީ އެއްނު... ދެން ނަޝީދު ބޮޑު ވަޒީރު ކަން ކުރާނީ