އެމްޑީޕީ އިސްލާހު ކުރުމަށް އެޕާޓީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ އެޕާޓީއާއި އަލުން ގުޅުމަށް ނިންމައިފިއެވެ.
އަލްހާން ވިދާޅުވީ އޭނާ އެމްޑީޕީން ވަކިކޮށްފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޚުދުމުހުތާރު ނުފޫޒު ބޭނުން ކޮށްގެންކަމަށެވެ. އަލްހާން އެމްޑީޕީއާއި އަލުން ގުޅުމަށް ބޭނުންވެ އެކަން އިއުލާން ކުރެއްވި ނަމަވެސް އެމްޑީޕީން އަދި އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެމްޑީޕީގެ ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެ ކަންކަން އިސްލާހު ކުރުމަށް އަލްހާން ކުރެއްވި މަސައްކަތްތަކާއި ގުޅިގެން އެނާ ވަނީ އެޕާޓީން އެއްފަރާތްކޮށްފައެވެ. އެފަހުން އަލްހާން މަސައްކަތް ކުރައްވަމުން ގެންދެވީ މިނިވަން ވިސްނުމެއްގައި ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށެވެ.
އަޅުގަނޑު މިދަނީ އަނެއްކާވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ އެމްޑީޕީ އިސްލާހުކުރުމުގެ މަސައްކަތް ކުރަން އެޕާޓީއަށް! ޕާޓީން އަޅުގަނޑު ވަކިކުރީ އެމަސައްކަތް ކުރާތީ ރައީސް މުހައް ނަޝީދުގެ ނުހަމަ ޚުދުމުޚްތާރު ނުފޫޒު ބޭނުންކޮށްގެން!
– އަލްހާން ވިދާޅުވިއެވެ.
އަޅުގަނޑު މިދަނީ އަނެއްކާވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ @MDPSecretariat އެމްޑީޕީ އިސްލާހުކުރުމުގެ މަސައްކަތް ކުރަން އެޕާޓީއަށް !
ޕާޓީން އަޅުގަނޑު ވަކިކުރީ އެމަސައްކަތް ކުރާތީ ރައީސް @MohamedNasheed ގެ ނުހަމަ ޚުދުމުޚްތާރު ނުފޫޒު ބޭނުންކޮށްގެން! pic.twitter.com/mJSngJodIt
— ????? ????? – ?? (@AlhanFahmy) April 19, 2021
އަލްހާން އެމްޑީޕީ އިސްލާހު ކުރެއްވުމަށް އެޕާޓީއާއި އަލުން ގުޅުމަށް ނިންމަވާފައިވަނީ އެމްޑީޕީގެ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ރާއްޖޭގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ފެށުމާއި ގުޅިގެންނެވެ. އަދި ސިޔާސީ ގޮތުން އެމްޑީޕީއަށް ލިބެމުންދާ ނާކާމިޔާބީތަކާއި ގުޅިގެންނެވެ. ފަހަކަށް އައިސް ރައީސް ޞާލިހުއާއި ރައީސް ނަޝީދުގެ މެދުގައި ގުޅުން ގޯސްވެ، ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް އެކި ގޮތްގޮތުން ފާޑުވިދާޅުވަމުންނެވެ.
އެމްޑީޕީއަށް ވެރިކަން ކުރުމުގެ ފުރުސަތު ލިބި ޕާޓީ ތެރެއިން އެކަމަށް އެކަށީގެންވާ އެއްބާރުލުން ނުދޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް އަމާޒުވެފައެވެ. ޚާއްސަކޮށް ރައީސް ނަޝީދު ބޭނުންވާހާ ގޮތަކަށް ކަންކަންނުވާ މައްސަލާގައި ރައީސް ނަޝީދު ދޭތެރެ ދޭތެރެއިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވައެވެ.
ކޮމެންޓު ފޮނުވާ