ޝަރީފް؛ ނަޝީދަށް: ދެތިން މީހަކު ބޭނުންވެގެން ނިޒާމު ބަދަލު ނުކުރެވޭނެ

ޝަރީފް؛ ނަޝީދަށް: ދެތިން މީހަކު ބޭނުންވެގެން ނިޒާމު ބަދަލު ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2021 03:55
0

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، ރައްޔިތުން ނިންމާފައިވަ ނިންމުން ދެތިން މީހަކު ބޭނުން ވުމުން ބަދަލު ނުކުރެވޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދައިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރައްދެއްް ރައީސް ނަޝީދަށް ދެއްވައިފިއެވެ.

މިހާރު އޮތް ނިޒާމު ފޮރޮޅާލައި ބޮޑުވަޒީރަކަށް އަންނަ ބޭނުންވާކަމަށް ރައީސް ނަޝީދު، ރައީސް ޞާލިހަށް ކުރެއްވި މެސެޖާއި ގުޅިގެން ޝަރީފް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ގޮތް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އެކަން ހަމަ ތިމާ ބޭނުންވާހާ އިރަކު ނުކުރެވޭނެކަމަށާއި، އުސޫލުތަކައި ހަމަތަކުގެ ތެރެއިން ކަންކަން ކުރުމަށް ޝަރީފް ވަނީ ގޮވާލާފައެެވެ.

ރައްޔިތުން ކަނޑައެޅި ނިޒާމެއް ބަދަލު ކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން. ރައްޔިތުންގެ ވޯޓަކުން ނިންމަފައި އޮތް ކަމެއް ދެތިން މީހަކު ހަމަ ތިބެފައި ބަދަލެއް ނުކުރެވޭނެ.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފަކީ ބަރުލަމާނީ ނިޒާމާއި ފެށުނީއްސުރެއް ދެކޮޅު ބޭފުޅެކެވެ. އަދި މަޖިލިސް ތެރޭގައި ރައީސް ނަޝީދު ކުރައްވަން ބޭނުންވާ ކަންކަން ކުރުމަށް ފާޅުގައި އެންމެބޮޑަށް ދެކޮޅު ހައްދައި އެކަންކަމާއި ދެކޮޅަށް އެންމެބޮޑަށް އަޑު އުފުލާ އެއް މެމްބަރަކީވެސް ޝަރީފްއެވެ.

ބޮޑުވަޒީރުކަން ބޭނުންވާކަން ހާމަކޮށް ރައީސް ޞާލިހުއަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ބޭނުންފުޅުކަމާއި، އަބަދުވެސް ތާޢީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގެ ފަސް އަހަރު ނުނިމެނީސް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން، ރައީސްއަށާއި، ވަޒީރުންނަށް ރައީސް ނަޝީދު ހުށައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ނަޝިދު މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމްކަމަށާއި، ރާއްޖޭގެ މިހާރު އޮތް ނިޒާމް ބަދަލުކުރައްވާނީ ރައީސް ޞާލިޙާއި މަޝްވަރާކުރައްވައިގެންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޖަމަލުhum
Thi nasheedu hunnanee hamaheyga thoabalan rayyithunnaa havaalukohbala eyrun egidhaane barulamaa neeakah badhalu veythoa.