ބޭރުގައި އުޅޭއިރު މާސްކުއެޅުން ހުއްދަ ކުރުމާއި ގުޅިގެން އިސްރާއީލުގެ ބައެއް ރައްޔިތުން މާސްއެޅުމަކާ ނުލާ ބައެއް ސރަހައްދުތަކަށް އެއްވެފައި

އިސްރާއީލުގައި، ބޭރުގައި އުޅޭއިރު މާސްކުއެޅުން މަޖުބޫރުކޮށްފަ އޮތް އޮތުން ނިމުމަކަށް ގެނެސްފި

އިސްރާއީލުގައި، ބޭރުގައި އުޅޭއިރު މާސްކުއެޅުން މަޖުބޫރުކޮށްފަ އޮތް އޮތުން ނިމުމަކަށް ގެނެސްފި

މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ ކާރިސާއާއި ގުޅިގެން، ބޭރުގައި އުޅޭއިރު މާސްކުއެޅުން މަޖުބޫރު ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ފާއިތުވެދާ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްކޫލްތައް ހުޅުވާ އިސްރާއީލުގައި އާންމުކޮށް ކިޔަވާދޭން ފަށައިފިއެވެ.

އިސްރާއީލު ހިމެނިގެން ގޮސްފައިވަނީ، އާބާދީގެ ނިސްބަތުން އެންމެ އަވަސްކޮށް އަދި އާބާދީގެ އެންމެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވާ ގައުމު ކަމުގައެވެ.

ގެއިން ބޭރުގައި އުޅޭއުޅުމުގައި މާސްކުއެޅުން މަޖުބޫރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސްފައިވި ނަމަވެސް، ސަރުކާރު އިދާރާތަކުގައި މަސައްކަތް ކުރާއިރު، އަދިވެސް މާސްކު އަޅަން ޖެހޭނެކަމަށް ކަމާގުޅޭ މުވައްސަސާތަކުންވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ބޮޑެތި އެއްވުންތަކުގައި އަދިވެސް މާސްކު އަޅަން ޖެހޭނެކަމަށްވެސް ކަމާ ގުޅޭ މުވައްސަސާތަކުންވަނީ ނިންމާފައެވެ.

ކޯވިޑް19ގެ ފިޔަވަޅުތަކަށް އިސްރާއީލުގައި ދީފައިވާ ލުއިތަކުގެ ތެރޭގައި، ޑޭކެއަރއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ހުރިހާ ސްކޫލެއް ހުޅުވާ އަދި ދަރިވަރުން ސްކޫލްތަކަށް ހާޒިރުވެ ކިޔަވާދޭން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

ފާއިތުވެދިޔަ ހަފްތާގައި އިސްރާއީލުގެ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި، މިހާރު އެގައުމު ތައްޔާރުވަމުން ދަނީ، އަންނަ މޭމަހުން ފެށިގެން، ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަތުރުވެރިންނަށް އެގައުމުގެ ބޯޑަރުތައް ހުޅުވާލުމަށެވެ.

މީގެ އެއްއަހަރު ކުރިން ކޯވިޑް ކާރިސާއާއި ދުނިޔެ ކުރިމަތިލީފަހުން، އިސްރާއީލުގައި 836,000 މީހުން މިބައްޔަށް ޕޮޒިޓިވްވެ، 6,331 މީހަކުވަނީ މިބަލީގައި ވަނީ މަރުވެފައެވެ.

9.3 މިލިއަންގެ އާބާދީއެއް އޮންނަ އިސްރާއީލުގައި، މިހާރުވަނީ، ގައުމުގެ މުޅި އާބާދީގެ %53 މީހުންނަށް ފައިޒަރ/ބައޯއެންޓެކް ވެކްސިންގެ ދެ ޑޯޒު ދީ ނިންމާފައެވެ.

ޑިސެމްބަރމަހު އިސްރާއީލުން އެގައުމުގައި ވެކްސިން ޕްރޮގްރާމް ފެށިފަހުން، ކޯވިޑް19ގެ ނުރައްކާތެރި ކޭސްތައް މަދުވެ، އަދި މިބަލީގައި މީހުން މަރުވާ ނިސްބަތްވަނީ ވަރަށް ބޮޑުތަކުން ދަށަށް ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *