ރޯދަ އާއި ސުވާލު: ރޯދަ ވެރިންނަށް ސުވަރުގޭގައި ވާ ޚާއްޞަ ދޮރުކޮޅު

ރޯދަ އާއި ސުވާލު: ރޯދަ ވެރިންނަށް ސުވަރުގޭގައި ވާ ޚާއްޞަ ދޮރުކޮޅު

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
18 އޭޕްރިލް 2021 06:43
0

ރޯދަވެރިންނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވޭހެއްޔެވެ؟ ވާނަމަ އެދޮރުކޮޅުގެ ނަމަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

ރޯދަވެރިނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. އެދޮރުކޮޅުގެ ނަމަކީ "އައްރައްޔާން" އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ) البخاري ( 1763 ) ومسلم ( 1947 )

މާނައަކީ: "ހަމަކަށަވަރުން ސުވަރުގޭގައި "އައްރައްޔާން" އޭ ކިޔުނު ދޮރުކޮޅެއްވެއެވެ. ގިޔާމަތް ދުވަހުގައި އެދޮރުކޮޅުން ވަންނަ ހުށީ ރޯދަވެރިންނެވެ. އެނޫން އެއްވެސް ބަޔަކު އެދޮރަކުން ނުވަންނާނެއެވެ. ބުނެވޭނެއެވެ. "ރޯދަވެރިން ކޮބައި ހެއްޔެވެ؟ އެހިނދު ރޯދަވެރިން ތެދުވާނެއެވެ. އެނޫން ބަޔަކު އެދޮރުން ސުވަރުގެ އަކަށް ނުވަންނާނެއެވެ. އެމީހުން ވަދެ ނިމުމުން އެދޮރު ބަންދު ކުރެވޭނެއެވެ. އިތުރަށް އެއްވެސް މީހަކަށް ނުވަދެވޭނެއެވެ." والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.