ދެ ޑޯޒް ފުރިހަމަކުރުމުން އެއްވެސް ފިޔަވަޅަކާނުލައި ރަށްރަށް ދަތުރުކުރެވޭނެ: ރައީސް

ދެ ޑޯޒް ފުރިހަމަކުރުމުން އެއްވެސް ފިޔަވަޅަކާނުލައި ރަށްރަށް ދަތުރުކުރެވޭނެ: ރައީސް

Author
މުޙައްމަދު ޖިމީ
15 އޭޕްރިލް 2021 09:25
0

ކޯވިޑް-19 ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅަކާ ނުލައި ދަތުރުުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްއެއް މާލެއިން ފުރަތަމަ ފެނުމާއެކު އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް އެއް އަހަރު މިއަދު ވުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ޢާންމު ޙާލަތަށް ދިއުމަށް މަސައްކަތް ކުރަމުން އަންނައިރު، ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމުން ކަރަންޓިން ނުވެ ރަށްތަކަށް ދަތުރުކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވީ މިދިޔަ އަހަރުގެ މާރިޗް މަހުގެ7 ވަނަ ދުވަހުއެވެ. އެއީ ރާއްޖެއައި ފަތުރުވެރިއެކެވެ. ނަމަވެސް މާލެ ސަރަހައްދުން ނުވަތަ ކޮމިއުނިޓީ ސްޕެރެޑެއް ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުއެވެ.

އެއާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފުރަބަންދު އިޢުލާންކުރިއެވެ. ރާއްޖެއަށް ކޯވިޑްގެ3 ރާޅެއް ކުރިމަތިލާން ޖެހުނުއިރު ފުރަބަންދު ކުރީ އެންމެ ފަހަރަކުއެވެ. އަދި މިހާރު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ. މީގެ އިތުރުން ރާއްޖޭގައި މިހާރު ވަނީ ކޯވިޑާއި ގުޅިގެން އެޅި ވަރަށް ގިނަ ފިޔަވަޅުތައް އުވާލާ ލުއިތަކެއް ދީފައެވެ.

ސަރުކާރުން މީގެކުރިންވެސް ވަނީ ވެކްސިންގެ ދެޑޯޒް ޖެހުމުން ލުއިތަކެއް ދިނުމަށް ވިސްނަމުންދާކަމަށް ބުނެފައެވެ. މިހާތަނަށް ރާއްޖެއިން ވަނީ28،000އަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ޑޯޒް ޖެހުމަށް ގިނަ ޢަދަދެއްގެ މީހުން ވެކްސިން ސެންޓަރުތައް ކައިރީ ކިޔުހަދައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.