މިސަރުކާރަށް ހުޅުމާލޭގައި ކުރެވުނު ހަމައެކަނިކަމަކީ އިންޑިއާގެ އެހީގައި ގަސްކޮޅެއް އިންދާލުން: ޝިޔާމް

މިސަރުކާރަށް ހުޅުމާލޭގައި ކުރެވުނު ހަމައެކަނިކަމަކީ އިންޑިއާގެ އެހީގައި ގަސްކޮޅެއް އިންދާލުން: ޝިޔާމް

Author
މުޙައްމަދު ޖިމީ
15 އޭޕްރިލް 2021 05:22
0

ހުޅުމާލޭގައި މިސަރުކާރަށް ކުރެވުނު ހަމައެކަނިކަމަކީ އިންޑިއާގެ އެހީގައި ސެންޓްރަލް ޕާކްގައި ގަސްކޮޅެއް އިންދާލުންކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ. ޝިޠާމް މިހެން ވިދާޅުވެފައިމިވަނީ  ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމަށްވާ "ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް" (އޭއެމްޕީ)ން ކޮންމެ އަހަރަކު ދޭ އޮނަރަބަލް އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބުމާއި ގުޅިގެންނެވެ.

މިސަރުކާރަށް ދެއަހަރާއި ބައި ވެގެން ދިޔައިރުވެސް ތަރައްޤީގެ ބޮޑު މަޝްރޫޢޫއެއް ހިންގިފައި ނުވާކަމަށާއި، ހުޅުމާލޭގައިވެސް ތަރައްޤީގެ މަޝްރޫޢުއެއް ހިންގިފައިނުވާކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލެއާއި މާލެއާއި ދެމެދު ހައިޥޭއެއް ޤާއިމްކޯށް ބްރިޖަލުން ގުޅާލާފައެވެ. އަދި ހުޅުޟާލޭގެ ދެވަނަ ފިޔަވަހި ދެ ހަފްތާގެ ތެރޭގައި ހިއްކާ އެތަނުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްްޤީކޮށް ހުޅުމާލޭގެ ދެ ފިިޔަވަހި ވަނީ ބްރިޖުތަކަކުން ގުޅުވާލާފައެވެ. އަދި ދެވަނަ ފިޔަވހީގައި7 ހާސް ހައުސުން ޔުނިޓްގެ25 ބުރީގެ ޓަވަރުތަކެއް އަލާފައިވާއިރު، އެއީ ޒުވާނުންގެ ސަހަރުކަމަށާއި، އެތަން ތަރައްޤީކުރާނީ ޒުވާނުންނާއި ގުޅޭ މާހައުލެއްގެ ގޮތުަގއިކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލެ ތަރައްޤީކުރުމަށް ވަނީ ބޮޑު ޒަމާނީ ޕްލޭނެއްވެސް އެކުލަވާލާފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއި ގުޅިގެން އެފަދަ މަސައްކަތްތަކެއް ނުފެނެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައިވަނީ ވަނީ ރައީސް ޔާމީންނަކީ ވިޒަނަރީ ލީޑަރެއްކަމަށް ސިފަކުރައްވާފައެވެ. އަދި އިންޑިއާގެ އެހީގައި މިސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސެންޓްރަލް ޕާކްގައި ގަސްކޮޅެއް އިންދާލުންކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ދެ އަހަރާއި ބައި ވެގެންދާއިރު މިސަރުކާރަށް ހުޅުމާލޭގައި ކުރެވުނު ކަމަކީ އިންޑިއާގެ އެހީގައި ސެންޓްރަލް ޕާކް ތެރޭ މާގަސްކޮޅެއް ޖަހާލުން. ރައީސް ޔާމީން އަކީ ވިޒަނަރީ ލީޑަރެއް.

– އަޙްމަދު ޝިޔާމް

ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމަށްވާ "ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް" (އޭއެމްޕީ)ން ކޮންމެ އަހަރަކު ދޭ އޮނަރަބަލް އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިފައިވާއިރު، ނީ ފެންވަރެއްގައި ތަރައްގީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް ކުރީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.