ދެވަނަ ޑޯޒް ވެކްސިން ޖަހާފައިވަނިކޮށް ސީޕީ ޙަމީދު ކޯވީޑަށް ޕޮޒިޓިވްވެއްޖެ

ދެވަނަ ޑޯޒް ވެކްސިން ޖަހާފައިވަނިކޮށް ސީޕީ ޙަމީދު ކޯވީޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
15 އޭޕްރިލް 2021 03:48
0

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ޙަމީދު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދަވަނަ ޑޮޒް ނަންގަވާފައިވަނިކޮށެވެ. ކޯވިޑްގެ ވެކްސިން ސީޕީ ހަމީދު ނަންގަވާފައިވަނީ މިމަހުގެ8 ވަނަ ދުވަހުއެވެ. ސީޕީ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ8 ވަނަ ދުވަހު ޗައިނާގެ ސަފީރާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އިންތިޚާބުގެ ކުރިން ފުލުހުންނާއިވެސް ބައްދަލުކުރައްވާފައިވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަކުރައްވާ ކުރެއްވި ޓްވީތެއްގައި ސީޕީ ހަމީދު ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް ކަރަންޓިންގައި މިހާރު ހުންނެވިކަމަށެވެ. ސީޕީ ކޯވިޑަށް ޕޮޒިޓިވްވެފަައިމިވަނީ ކޯވިޑް-19 ދިފާޢުގެ ކޮވިޝީޫލްޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ނަންގަވާފައިވަނިކޮށެވެ. ދެވަނަ ޑޯޒް ނަންގަވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ސީޕީ ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަލަށް އެކުލަވާލި ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އޮންލައިންކޮށްކަމަށެވެ. ޙަމީދު ވަނީ އަލަށް އެކުލަވާލި ޕޮލިސް ބޯޑުގެ 7 މެންބަރުންނަށް މަރުހަބާ ދަންނަވާ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެ ޖަވާބުދާރި ކުރުވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ ދަށުން ޕޮލިސް ބޯޑު ޜައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ޕޮލިސް ބޯޑުގައި ހިމެވިވަޑައިގަންނަވަނީ އަޙްމަދު ފަޔާޟް ޙަސަން، ޢާއިޝަތު ނޫރާ މުޙައްމަދު، ޢަލީ ފާއިޒު، އަޙްމަދު ނާޝިދު، އާދަމް އިބްރާހީމް ޙާމިދު ޢަބްދުލްޣަފޫރުގެ އިތުރުން އަލްއުސްތާޛާ ޞަފާ ޝަރީފްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kokadi
GETWELL SÒOOOOOOOOOOOOOOONU
n nareesh
Indiya in hedhee vaccineh noon. Gaumuthakuhemeehun maran hedhi kokadi beyheh e ee