މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފ އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓު ދިނުމަށް ބެހެއްޓި ވޯޓު ފޮއްޓެއްގައި 2 މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފައި އޮތް ނަމަވެސް، އެ ފޮއްޓަށް ވޯޓުލީ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
މިގޮތުން މި މައްސަލަ ފާހަގަވެފައި ވަނީ ފ މަގޫދޫގައި ބެހެއްޓި، ބިލެތްދޫ ރައްޔިތުން ވޯޓުލާންޖެހޭ ފޮށީގައެވެ. އެފޮއްޓަށް ރަޖިސްޓަރީ ކޮށްފައިވަނީ 2 މީހުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އާންމު ކުރިއިރު މި ފޮއްޓަށް ވޯޓުލީ އަދަދެއް ކަމަށް ބަޔާންކޮށްފައިވަނީ 366 އެވެ.
ފ އަތޮޅު ކައުންސިލް ރައީސަކު ހޮވުމަށް އެއަތޮޅު މަގޫދޫގައި ބެހެއްޓި މަގޫދޫ ރައްޔިތުން ވޯޓްލާ ފޮއްޓަށް 394 މީހުން ރަޖިސްޓަރީ ކޮށްފައިވާއިރު، އެ ފޮއްޓަށްވެސް ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ދައްކަނީ 366 މީހުންނެވެ. އެހެންކަމުން މިއީ ނަތީޖާ އަޕްލޯޑްކުރުމުގައި ހެދިފައިވާ ގޯހެއްކަމަށް ބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ މިއީ ނަތީޖާ އަޕްލޯޑް ކުރުމުގައި ދިމާވެފައިވާ އޮޅުމެއް ކަމަށާއި އެކަން ބައްލަވާނެކަމަށް ވިދާޅުވެފަ އެވެ.
ފ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ކެންޑިޑޭޓް ނަމްބަރު 1 އިބްރާޙިމް ނައީމް، ކެންޑިޑޭޓް ނަމްބަރު 2 މުޙައްމަދު ޝަހުރީދު އަދި ކެންޑިޑޭޓު ނަމްބަރު 3 އަލީ މުޙައްމަދެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ފ އަތޮޅު ކައުންސިލް ރައީސް ކަމަށް މި 3 ކެނޑިޑޭޓުންގެ ތެރެއިން ހޮވިފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަލީ މުޙައްމަދެވެ.
3 Responses
ކަޅު ފައިސާ
E ee knbaegge massala eh
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާސް ތަކެއް ނަތީޖާ ބަދަލު ކުރުމުގެ ބޭނުމުގައި އެމްޑީޕީ އިން ރިޝްވަތު ހިފާފައި މިކަލޭގެ ވަނީ އަންދާލާ ނައްތާލާފަ. މިފަހަރުވެސް އެއުޅެނީ އެކަހަލަ ޙީލަތެއް ހަދައިގެން ވޯޓުން ވައްކަން ކުރަންވެގެން.