ސައުދީ އަރަބިއާގައި ދައުލަތާއި ދެކޮޅުވުމުގެ އަދަބަކީ މަރު

ސައުދީ އަރަބިއާގައި ސިފައިންގެ 3 މީހަކަށް މަރުގެ އަދަބު ދީފި

ސައުދީ އަރަބިއާގައި ސިފައިންގެ 3 މީހަކަށް މަރުގެ އަދަބު ދީފި

ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ، ސިފައިންގެ 3 މީހަކަށް، ދައުލަތާ ދެކޮޅުވުމުގެ ކުށުގައި، މަރުގެ އަދަބު ދީފިކަމަށް، ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ، ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ބުނެފިއެވެ.

ކުރެވިފައިވާ ތަހުގީގުން ދައްކާ ގޮތުގައ، ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ މި 3 މުވައްޒަފުން، "ދުޝްމަނުންނާއި ބައިއަތު ހިފައިގެން، ރަސްކަމަށް ގެއްލުންދިނުމުގެ މަގުސަދުގައި" އަދި "ރަސްކަމުގެ އަސްކަރިއްޔާ އަށް ގެއްލުން ދިނުމަށް،" ދައުލަތާ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ބުނެފައިވާ ގޮތުގައި މި 3 މީހުންނަކީ، މުހައްމަދު ބިން އަހުމަދު ބިން ޔަހުޔާ އަކްރަމްއާއި، ޝަހެރު ބިން އީސާ ބިން ގާސިމް ހައްގާވީއާއި އަދި، ހަމޫދު ބިން އިބުރާހިމް ބިން އަލީ ހާޒްމީ ކަމުގައިވެސް ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ހާމަ ކޮށްފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މުވައްޒަފުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ސައުދީގެ ކޯޓުން ކަމަށާއި އަދި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ، ޝާހީ ފަތްކޮޅަކުން އެކަމަށް ހުއްދަ ދިނުމުން ކަމުގައެވެ.

"މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި 3 މުވައްޒަފުންގެ މައްޗަށް ހިންގުނު ތަހުގީގަކަށްފަހު، ދުޝްމަނުންނާއި ބައިއަތު ހިފައިގެން، ސައުދީ ރަސްކަމުގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދިނުމަށާއި އަދި ސައުދީ ރަސްކަމުގެ ސަލާމަތާއި ރައްކާތެރި ކަމާއި ހަމަޖެހުމަށް ގެއްލުން ދިނުމަށް ރާވާފައިވާ ރޭވުންތަކެއް ފަޅާ އަރާފައިވާ ކަމަށާއި، އަދި މި 3 މުވައްޒަފުންގެ މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ، ޚާއްސަ ކޯޓެއްގައި، ޝަރީއަތުގައި ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލިބިގެން ކަމަށާއި އަދި އިންސާފު ލިބިދިނުމަށްޓަކާ ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި ދީގެން ކަމުގައި،" ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ރިޕޯޓު ކޮށްފައި ވެއެވެ.

ސައުދީ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، 3 މުވައްޒަފުންގެ މި "މި ނުބައި ކުށް، ހަރުކަށި އިބާރާތުން ކުއްވެރި" ކުރާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *