ތިން ސިޓީގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބު ކޮށްފި

ތިން ސިޓީގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބު ކޮށްފި

Author
ޢަލީ އާދަމް
10 އޭޕްރިލް 2021 10:15
0

ތިން ސިޓީގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.

މިއަދު ކުރިއަށްގެންދިޔަ ލޯކަލް ލައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައި ވާ ނަތީޖާތަކުން އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

ޕާޓީން އެ ތިން ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެންމެ ވާދަވެރިކަން ބޮޑު މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި މިހާތަނަށް ބޮޑުތަނުން ކުރީގަ އުޅުއްވަނީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެހެންކަމުން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖުގައި މާލޭގެ މޭޔަރު ފާހަގަކުރައްވާފައެއް ނުވެއެވެ.

ނަޝީދު ވަނީ ހުރިހާ ސިޓީ ކައުންސިލްތަކެއްގެ އަގުލަބިއްޔަތާއި، ގިނަ އަތޮޅު އަދި ރަށު ކައުންސިލްތައްވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.