މުޢިއްޒާއި އަނަސް ވޯޓު ލައްވައިފި

މުޢިއްޒާއި އަނަސް ވޯޓު ލައްވައިފި

Author
ޢަލީ އާދަމް
10 އޭޕްރިލް 2021 10:14
0

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރިކޮށްފެންނަ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރާއި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފި އެވެ.

އަނަސް ވޯޓްލައްވާފައި ވަނީ ހިރިޔާ ސްކޫލްގެ ހެލްތު ރޫމްގައި ހުރި މާފަންނު މެދު ދާއިރާގެ5 ނަމްބަރު ވޯޓުފޮއްޓަށެވެ.

 

މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވޯޓު ލައްވާފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ފަސް ނަންބަރު ފޮއްޓަށެވެ.

 

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. އިންތިހާބުގައި ވޯޓުުލުމަށް ހައްގު ލިބިގެން ވަނީ 273،128 މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.