އިންޖީނިއަރިން ކިޔަވަމުންދަނިކޮށް، މީގެ 10 އަހަރު ކުރިން އިންޑިއާގެ ބެންގަލޫރްގައި ހުރި ތިން ބުރީގެ އިމާރާތަކުން އެއްލާލި ޒުވާނާ އޭނާ، އިމާރާތުން އެއްލާލި މީހުންގެ މައުލޫމާތު ހާމަކުރުމުން، އެ މައްސަލާގައި އެ މީހުންނަށް ޖަލު ހުކުމެއް އަންނަ ވަރަށް ކުށް ސާބިތުވެއްޖެއެވެ.
މިހާދިސާ ހިނގައިދިޔައިރު އޭނާގެ އުމުރަކީ 19 އަހަރެވެ. އޭނާ އިމާރާތުން އެއްލާލި ދެ މީހުންނަކީ މިހާރު ސޮފްޓްވެއާ އިންޖީނިއަރުންނެވެ. އެ މީހުންގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އެ މީހުންގެ މައްޗަށް އޭނާ މަރާލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭއިރު، އެކަން ކަށަވަރުކޮށްދިން މީހާއަކީ "ވިކްޓިމް"އެވެ. މި ހާދިސާ ހިނގާދިޔަ ގޮތް ބަލާލަމާ ހިނގާށެވެ. މި ހާދިސާ ހިނގާދިޔަގޮތް ރިޕޯޓްކޮށްފައި ވަނީ ޓައިމްސް އޮފް އިންޑިއާއިންނެވެ.
ހާދިސާ ހިނގާދިޔަ ގޮތް!
މި ހާދިސާގައި މިހާރު އުމުރުން 29 އަހަރުގެ ސޯވިކް ޗައްޓެރްޖީ ވަނީ ކޯމާއަކަށް ގޮސްފައެވެ. އޭނާ ކޯމާއިން އެނބުރި އައީ އަހަރެއް ފަހުންނެވެ. އަދި ކަން ވެގެން ދިޔައިރު، ތަހުގީގު ޓީމަށްވެސް ކިޔައިދިނެވެ. އަދި އެކަން ހިނގާދިޔަ ރޭގެ ސްކެޗްއެއް އޭނާ ކުރެހިއިރު، އެއީ އުމުރުން 29 އަހަރުގެ ޝަޝަންކް ޑަސް އާއި ޖިޓެންދްރާ ކުމާރް ސާހޫކަން ވަނީ ކަށަވަރުވެސް ވެފައެވެ. މީނާއަކީ ދިއްލީގެ ބޭންކެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އަދި ސާހޫ އަކީ އޮޑިޝާގެ އައިޓީ މަސައްކަތުގައި އުޅެމުންދިޔަ މީހެކެވެ. އެކަމުގެ ތަހުގީގުތައް ފެށި އެ މީހުން ޖަލަށް ލެވިގެން ގޮސްފައި ވަނީ ނުވަ އަހަރު ފަހުންނެވެ.
އެކަން ހިނގާދިޔަފަހުން ޗައްޓެރްޖީ އޮންނަން ޖެހުނީ އެނދު މަތީގައެވެ. އެއިރު ކާކުކަން ނޭނގޭ އެ މީހުން އުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ޑަސް އަކީ ޗައްޓެރްޖީއާއެކު އިންޖީނިއަރިންގ ކިޔަވަމުންދިޔަ މީހެކެވެ. އަދި ސާހޫއަކީ ހަމަ އެ ކޮލެޖްގައި ޕޯސްޓް ގްރެޑުއޭޓް އިން އިންޖީނިއަރިންގ ހަދަމުންދިޔަ ޒުވާނެކެވެ. ތަހުގީގަށް ފާހަގަވިގޮތުގައި ޗައްޓެރްޖީ އަންހެނަކާއި މާތް ގާތްކޮށް އުޅެން ހަދައިގެން މައްސަލަ ގޯސްވީއެވެ. އެ ކޮލެޖްގައި ކިޔަވަމުންދާ އެ ޒުވާނާ ދެކެ ޗައްޓެރްޖީ އާއި ޑަސް ވެސް ވަރަށް ގަޔާވެއެވެ. ނަމަވެސް ޗައްޓެރްޖީ ޑަސް އާއި އޮތް ގުޅުން ކަނޑާލީ އޭނާގެ މަންމައާ ގުޅޭގޮތުންނާއި، އެ އަންހެނާ އާ ގުޅޭގޮތުން ޑަސް ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.
ޑަސް ރުޅި އައީ ޗައްޓެރްޖީ އެ އަންހެނާ ކަމުދާތީ އެވެ. އަދި ބަދަލު ހިފަން ބޭނުންވިއެވެ. އެހެންވެ އޭނާ ވަނީ ސަހޫއާއި ކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ. އަދި ކަންތައް ކުރަންވީ ގޮތްވެސް ކިޔާދިނެވެ. އަދި ޑަސްވަނީ 6 ޑިސެމްބަރ 2010 ވަނަ ދުވަހުގެ ހެނދުނު ޗައްޓެރްޖީއަށް ގުޅައި، އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ކިޔާދީފައެވެ. އަދި ދެ މީހުން އެކަމާއި ވާހަކަދައްކަން ޖެހޭ ކަމަށް ބުނެ އެގޭގެ ޓެރެސްއަށް އައުމަށް އެދުނެވެ. އޭނާ ދިއުމުން، ޑަސްއާއި ސަހޫ އަދި އިތުރު ދެ ރަހުމަތްތެރިން ވެގެން އޭނާ އެ އިމާރާތުން ވައްޓާލިއެވެ.
އެއާއެކު ޗައްޓެރްޖީ އޮތީ ކޯމާގައެވެ. އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. ފުރަތަމަ އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ ބެންގަލޫރްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. ފަހުން އޭނާ ވަނީ ކޮލްކަޓާއަށް ބަދަލުކޮށް ފަރުވާދޭން ފަށާފައެވެ. އެތަނުގައި އޭނާއަށް ފަރުވާދެމުންދަނިކޮށް ހާލަތު ރަނގަޅުވާން ފެށީ 2011 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ. އަދި އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ. އެކަން ޗައްޓެރްޖީ ބައްޕަ ވަނީ ފުލުހުންނަށް 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔާދީފައެވެ. ފުލުހުން ޑަސް އާއި ސަހޫ ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރު ތެރޭގައެވެ. އޭގެ އަހަރުތަކެއް ފަހުން އެ މީހުންނަށް ބެއިލް ދީފައި ވެއެވެ.