ރޯދައަށް ޚާއްޞަކޮށް އައްޑޫއަށް 3،200 ޓަނުގެ މުދާ އެތެރެކޮށްފި

ރޯދައަށް ޚާއްޞަކޮށް އައްޑޫއަށް 3،200 ޓަނުގެ މުދާ އެތެރެކޮށްފި

Author
މުޙައްމަދު ޖިމީ
06 އޭޕްރިލް 2021 12:30
0

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށް އިންޑިއާއިން 3200 ޓަނުގެ މުދާ އައްޑޫއަށް ގެންގޮސްފިއެވެ.

މިދިޔަ ހުކުރު ދުވަހު 3289.7 ޓަނުގެ މުދާ ވަނީ އައްޑޫއަށް ގެންގޮސްފައެވެ. ރޯދައަށް އައްޑޫއަށް ގެންދިޔަ މުދަލުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި ބޭހެވެ. އޭގެ ތެރޭގައި ތެރޭގައި ބިސް، ފިޔާ، އަލުވި، ކެބެޖް، ޓޮމާޓޯ، ކަރާ އަދި ދޮންކެޔޮވެސް ހިމެނެއެވެ. އައްޑޫއަށް ގެންދިޔަ މުދާ އައްޑޫގެ ގިނަ ވިޔަފާރިވެރިން މިހާރު ވަނީ ވިއްކަން ފަށާފައެވެ. އައްޑޫއަށް ސީދާ ދަތުރުތައް ބާއްވާ މުދާ އެތެރެކުރެވުމުގެ ސަބަބުން މުދަކުގެ އަގު ވަރަށް ބޮޑަށް ހެޔޮވެފައިވާކަމަށް އައްޑޫ ވިޔަފާރިވެރިން ބުނެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާއި ދެމެދު ކޮންމެ 20 ދުވަހަކުން ދަތުރުތައް ބާއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.