ފުލުހުންގެ އައު ޤާނޫނުގެ ދަށުން، ޕޮލިސް ބޯޑަށް ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ސަފާ ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
ޕޮލިސް ބޯޑަށް ސަފަ އައްޔަންކުރަން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި34 މެންބަރުންގެ ވޯޓުންނެވެ.
ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރު އައްޔަންކުރަން ޖެހެއެވެ. މީގެ ކުރިން ވަނީ އެއް މެންބަރަކު އައްޔަންކޮށްފައެވެ. އެއީ އެމްޑީޕީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު ޢަބްދުލްޣަފޫރެވެ.
ޕޮލިސް ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ ދެވަނަ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ސަފާ ހިމެނޭހެން 6މީހަކު ކުރިމަތިލެއްވިއެވެ. އެއީ:
1- މުހައްމަދު އިމްރާން ޝަރީފް، މ. ތަންތާރަ/ މާލެ
2- ސަފާ ޝަރީފް، ދެތަނޑިމާގެ/ އައްޑޫ ހުޅުދޫ
3- އަހުމަދު އުސައިދު ހަސަން، ލަކީސްޓާ/ ގދ.ހޯޑެއްދޫ
4- އާއިޝަތު ރަޝީދު، ކޮކާގެ/ އައްޑޫ ފޭދޫ
5- ހައްވާ ރީނާ ހަސަން. މ. ދިއްކަލި/ މާލެ
6- އިބްރާހީމް ތައުފީގު، މއ. ރިހިވިލާގެ/ މާލެ
މި ނަންތަކުގެ ތެރެއިން ސަފާ ޕޮލިސް ބޯޑަށް އައްޔަންކުރުމަށް، ނަން ދިރާސާކުރެއްވި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓިން ފާސްވީ ކޮމެޓީގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތަކުން ކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ. "ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ