ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވުމަކީ ދެރަކަމެއް: ޢަލީ ޒައިދު

ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވުމަކީ ދެރަކަމެއް: ޢަލީ ޒައިދު

Author
މުޙައްމަދު ޖިމީ
05 އޭޕްރިލް 2021 12:52
0

ސަލްމާން މިސްކިތް ރޯދައަށް ހުޅުވިގެން ނުދިޔުމަކީ ދެރަކަމެއް ކަަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ރަމަޟާން މަހަށް ސަލްމާން މިސްކިތް ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާލުވެފައިވަނިކޮށް، އަނެއްކާވެެސް ސަރުކާރުން ވަނީ އެ މިސްކިތް ހުޅުވުން ފަސްކޮށްފައެވެ. ކުރީގެ ރައީސް އަބްދުއްﷲ ޔަމީން ޢަބްދުލްޤައްޔޫމް ބިނާކުރެއްވި ސަލްމާން މިސްކިތް ހުޅުވުން ސަރުކާރުން ފަސްކޮށްފައިވާއިރު، އެތަން ހުޅުވުމަށް އެކި ތާރީޚުތައް މިސަރުކާރުން ދިނެވެ. ނަމަވެސް ސަރުކާރު ދެ އަހަރާއި ބައި ވެގެން ދިޔައިރުވެސް އެތަން ހުޅުވާފައެއްނުވެއެވެ.

ޑރ.ޢަލީ ޒައިދު ވިދާޅުވީ، އެތައް ތާރީޚުތަކެއް ދީގެންވެސް ސަލްމާން މިސްކިތް ނުހުޅުވަމީ ދެރަކަމެއްކަަމށާއި، ރޯދައަށް ހުޅުވުމަކީ ވަރަށް ބޮޑު އިންތިޒާރެއްކަަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ރޯދަ މަހަށް ވެސް މިސްކިތް ނުހުޅުވޭނެ ކަމަށެވެ. މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށް އެމިނިސްޓްރީން ބުނެއެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެހެން ކަމުން މުޅި މިސްކިތް ފުރިހަމަކޮށްގެން މި ރޯދަ މަހަށް ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި “ކިންގް ސަލްމާން” މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުގައެވެ.

5 ފަންގިފިލާއަށް ފަރުމާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ބައެއްގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. މިސްކިތުގައި ނަމާދުކުރާ ބައިގެ ގޮތުގައި ޚާއްސަކޮށްފައިވަނީ ފުރަތަމަ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއެވެ. މި ދެ ބައިގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.