މާލެއާއި ހުޅުލެ ގުޅުވާލާ ބްރިޖަކީ ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުއެއް ނޫންކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަމީމް (އަދުން ޙުސައިން) ވިދާލުވެއްޖެއެވެ.
ވ.އަތޮޅު ތަޢުލީމީ މަރުކަޒާއި ވ.އަތޮޅު މަދަރުސާގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށައެޅުއްވި ޤަރާރަށް ވާހަކަފުޅު ދައްކަވަމުން އަދުން ޙުސައިން ވަނީ ބްރިޖު އެޅުން އެއީ ރައްޔިތުންނަށް އެންމެ ފައިދާވާ މަޝްރޫޢުއެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެއީ ރައްޔިތުން އެދޭ ތަރައްޤީތޯވެސް އަދުން ޙުސައިން ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބްރިޖުގެ ބަދަލުގައި އެހެން މަޝްރޫޢުތައް ހިންގެން ޖެހޭކަމަށެވެ.
އަޅުގަނޑުމެން ބުނެގެނެއް ނޫން އައިސް މިތާ ބޮޑު ބްރިޖެއް އެޅީއެއް؟ އޭގަވެސް 4 ލޭނު އޮންނަންޖެހޭ ތަނަކަށް 2 ލޭނު އަޅަފަ އެހާ ބޮޑު ހައިވޭއެއް އަޅާފަ، ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ދިނުމަށްވުރެމުހިންމުތޯ؟ ރާއްޖޭގެ ރައްޔިތުންނަށް ފާޚާނާ ނިޒާމް ދިނުަމށްވުރެ މުހިންމުތޯ؟ ރާއްޖޭގައި ނުކިޔަވާ ތިބި ކުދިންނަށް ކިޔަވައިދިނުމަށްވުރެ މުހިންމުތޯ؟ ރާއްޖޭގެ ކަރަންޓު ކެނޑިފަ ހުރި ރަށްރަށް ކަރަންޓު ދިނުމަށްވުރެ މުހިންމުތޯ؟ މަލްޓި ޕާޕޯސް ހޯލު އެޅުަމށްވުރެވެސް މުހިނު ކަމެއްތޯ؟
– އަދުން ޙުސައިން
އަދުން ޙުސައިން ވިދާޅުވީ، ވަކި މީހެއްގެ ޝަނާ ޝައުކަތު ދެއްކުމަށް އަޅާ ބިނާއަކީ ތަރައްްޤީއެއް ނޫންކަމަށެވެ. އަދުން ޙުސައިން މިހެން ވިދާލުވެފައިވާއިރު، މިސަރުކާރުންވެސް މާލެއާއި ގުޅިފަޅު ގުޅުވާލުމަށް ބްރިޖު އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިސަރުކާރުން ތަރައްްީގެ ގިނަ ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައިވާކަމަށް އަދުން ޙުސައިން ވިދާޅުވެފައިވާއިރު، މިސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް ތަރައްްީގެ މަޝްރޫޢުތަކެއް ހިންގިފައިނުވާކަމަށް ބުނެ ސަރުކާރަށް ފަޑުކިއުން އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ