ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.ހައިދަރު އަލީ އަޙްމަދުވެސް މާލޭގެ މޭޔަރުކަމަށް ޑރ.މުޙައްމަދު މުޢިއްޒުއަށް ތަޢީދުކުރައްވަން ނިންމައިފިއެވެ.
ކުރީގެ ގިނަ ވަޒީރުންތަކެއް ޑރ.މުޢިއްޒުއަށް އެންޑޯޒްކުރައްވަމުން ގެންދަވާއިރު، ޑރ.ހައިދަރު ވިދަޅުވީ، މާލޭގެ މޭޔަރުކަމަށް އެންމެ ޤާބިލް ބޭފުޅަކީ ޑރ.މުޢިއްޒުކަމަށެވެ. ޑރ.މުޢިއްޒުއަކީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއްކަމަށާއި، ތަޖުރިބާ ހުރި އަދި ރައްޔިތުން އެދޭފަދަ ބަދަލެއް ގެނެސްދެވޭނެ ބޭފުޅަކީ ޑރ.މުޢިއްޒުކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޑރ.ހައިދަރު ވިދާޅުވިއެވެ. ޑރ.ހައިދަރު، މުޢިއްޒުއަށް ތަޢީދުކުރައްވަން ނިންމެވުމުން، ޑރ.މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.
ޑރ.ހައިދަރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ އެންމެ ފަހު ދައުރުގައި ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކުރިޔައް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރ ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ މަޤާމަށް އެންމެ ޤާބިލު، ތަޖުރިބާކާރު އަދި މާލޭ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ގެނެސްދެވޭނެ ބޭފުޅަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމުގައި އަޅުގަނޑު ދެކެން.
— Ali Haidar Ahmad (@h41d4r) April 4, 2021
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.ހައިދަރު، ޑރ.މުޢިއްޒުއަށް ތަޢީދުކުރައްވަން ނިންމަވާފައިވާއިރު، ހައުސިން އާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ޕަބްލިކް ވޯކްސްގައި ރާއްޖެ މިހާތަނަށް ދުށް އެންމެ އާދަޔާހިލާފު ވަޒީރު ނިޝާން އިއްޒުއްދީނު އިތްޒަތްތެރިވެރިޔާ، އުމަރު ޒާހިރުވެސް ވަނީ މޭޔަރުކަމަށް މުޢިއްޒުއަށް ތަޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ކުރީގެ ބައެއް ވަޒީރުންނާއި، އެހެނިހެން ބައެއް ޝަހުސިއްޔަތުންވެސް ޑރ.މުޢިއްޒުއަށް ތައީދުކުރައްވާކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ