އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެނގޭކަމަށާއި، ޑރ.މުޙައްމަދު މުޢިއްޒު މޭޔަރުކަށްވުމުން ތަރައްޤީ ޔަޤީންވާނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރަކަށް ޑރ.މުޙައްމަދު މުޢިއްޒު ހުންނަވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި، ޚާއްޞަކޮށް މާލޭގައި ހިންގާފައިވާއިރު، ޖަމީލް ވަނީ އެ މަޝްރޫޢުތަކުގެ ފޮޓީތައްވެސް ހިއްސާކޮށްފައެވެ. ޑރ.ޖަމީލް ވިދާޅުވީ، ސިންގަޕޫރު ފަދަ، ބްރިޖުތަކާއި ފްލެޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލް ހުރި ތަނަކަށް ޕީޕީއެމްއިން، ރައީސް ޔާމީން ވަނީ މާލެ ހައްދަވާފައިކަމަށެވެ. ނަމަވެސް އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެބަ އެނގޭކަމަށާއި، މޭޔަރައަކަށް ޑރ.މުޢިއްޒު މޭޔަރަކަށްވުމުން ތަރައްޤީ ޔަޤީންވާނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ސިންގަޕޫރު ފަދަ، ބްރިޖުތަކާއި ފްލެޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލް ހުރި ތަނަކަށް ޕީޕީއެމްއިން، ރައީސް ޔާމީން ވަނީ މާލެ ހައްދަވާފައި. އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެބަ އެނގޭ. މޭޔަރައަކަށް ޑރ. @MMuizzu ވުމުން ތަރައްޤީ ޔަޤީންވާނެ pic.twitter.com/81kDr0VQGJ
— Mohamed Jameel Ahmed (@MJameelAhmed) April 4, 2021
ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.
ނަމަވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.
މިސަރުކާރަށް ދެއަހަރާއި ބައި ވެގެން ދިޔައިރުވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގިފައި ނުވާކަމަށް ބުނެ، އަދި މާލޭސިޓީގެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނަތާ 11 އަހަރު ފާއިތުވެގެން ދިޔައިރުވެސް މާލޭގެ ހުރި މައްސަލަތަކަށް ހައްލު ގެނެވިފައިނުވާތީ އެމްޑީޕީއަށް ތާޢީދުކުރާ ވަރަށް ގިނަ ބަޔަކު އަންނަނީ ޑރ.މުއިއްޒު އެންޑޯޒްކުަރއްވަމުންނެވެ.
ކޮމެންޓު ފޮނުވާ