ކޯވިޑުން ރަނގަޅުވެ ރަންބީރު ޖިމަށް!

ކޯވިޑުން ރަނގަޅުވެ ރަންބީރު ޖިމަށް!

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2021 02:02
0

ބޮލީވުޑްގެ ފިލްމި ތަރި ރަންބީރު ކަޕޫރު ވަނީ މިދިޔަ މާރިޗު މަހު ކުރީކޮޅު ކޯވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. ކޯވިޑަށް ޕޮޒިޓިވް ވުމަށްފަހު ބޭރުތެރެއިން ނުފެނި ދުވަސްތަކަކަށްފަހު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހަފްތަގައި އޭނާގެ ރައްޓެއްސިކަށް ޒިޔާރަތްކުރަން ގޮސް އުޅެނިކޮށެވެ. ރަންބީރު ވަނީ ބަލިން ރަނގަޅުވުމަށްފަހު ޖިމަށް ވެސް ދާން ފާށާފަ އެވެ.

ޖިމަށް ދާން ފަށާފައިވީ ނަމަވެސް އޭނާ ވޯކްއައުޓް ކުރަމުން ގެންދަނީ މަޑުމަޑުންކަމަށް އޭނާ ވަނީ ބުނެފައެވެ. ރަންބީރްގެ ފިޓްނަސް ޓްރެއިނަރ ބުނެފައިވަނީ ކޮވިޑް 19 އިން ރަނގަޅު ވުމަށްފަހުު ރަންބީރްގެ އެކްސަސައިޒްތަށް ފެށުމުގެ ކުރިން 3 ދުވަސް އޭނާއަށް ދީފައި ވާނެކަމަށެވެ.

ރަންބީރު ބުނީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ވަރުބަލިކަން މިހާރު ފިލަމުން ދާކަމަށެވެ. އަދި ޝްރަދާ ކަޕޫރު އާއި އެކުގައި ކުރިއަށް އޮތް ފިލްމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރަންބީރު ވަނީ ބުނެފަ އެވެ.

ރަންބީރު އެންމެ ފުރަތަމަ ވޯކްއައުޓް ފަށާފައިވަނީ ސްޓްރެޗް ތަކުން ވަރަށް ލުއިކޮށެވެ. އަދި މި ދުވަސްކޮޅުގައި ގެންދަނީ ފަސް ކިލޯއާއި ހަތް ކިލޯގެ ވެއިޓް އުފުލަމުންނެވެ.

ކޯވިޑް ޖެހުމުގެ ކުރިން އުޅުނު ވަރަށްވުރެ ވެސް ބޮޑަށް މިހާރު ރަންބީރު ވަނީ އޭނާގެ ސިއްހަތަށް ބަލައިގެން އުޅެން ފަށާފައެވެ. އަދި ބަލިން ރަނގަޅު ވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަންބީރުވަނީ އޭނާގެ މަސައްކަތަށްވެސް ރުޖޫޢަވެފަަ އެވެ.

އާލިއާ ބަޓް ކޯވިޑަށް ޕޮޒިޓިވް ވުމުގެ ކުރިން ރަންބީރާއި އާލިއާވަނީ ޑަބިން ސްޓޫޓިއޯއަކުން ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.