މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް

Author
ޢަލީ އާދަމް
02 އޭޕްރިލް 2021 06:03
0

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 3 ލައްކަ އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 302،491 ޒިޔާރަތް ކޮށްފައެވެ. އެއީ ޖަނަވަރީ މަހު 92،103 ފަތުރުވެރިން، ފެބްރުވަރީ މަހު 96،881 ފަތުރުވެރިން، މާރިޗު މަހު 109،585 ފަތުރުވެރިން، އަދި މިމަހުގެ ފުރަތަމަ ދުވަހު 3،921 ފަތުރުވެރިން ހިމަނައިގެންނެވެ. ތަފާސް ހިސާބުތަށް މިގޮތަށް ހުރި އިރު މިއަހަރުގެ މިހާތަނަށް އެވްރެޖް ގޮތެއްގައި ދުވާލަކު 3،324 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

އެއަރ ސީޝެލްސް އިން ރާއްޖެ އައި ބައެއް ފަތުރުވެރިން – ފޮޓޯ: ވީއައިއޭ

ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލިފަހުން އެއް މަހެއްގައި ލައްކަ އަކަކަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާކީ ފުރަތަމަ މަހަކީ ނިމިދިޔަ މާރިޗު މަހެވެ.

ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ 23.4 އިންސައްތަ ހިއްސާކުރަނި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް އިންޑިއާއިން 69،730 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ.  އަދި 21.3 އިންސައްތަ ހިއްސާކުރަނީ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. ރަޝިއާއިން 63،523 ފަތުރުވެރިން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރި 2 ފަތުރުވެރިން – ފޮޓޯ: ޖޯލި މޯލްޑިވްސް

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވެވޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އޮތް ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމަށް ވާނަމަ އެވްރެޖްކޮށް މަހަކު 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.