މިދިޔަ މަހު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކޯވިޑަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެތެރޭގައި އާމިރު ޚާން، ޕަރޭޝް ރާވަލް، ކާތިކް އާރްޔާން އަދި މަނޯޖް ބާޖްޕާއި ފަދަ ތަރިން ހިމެނެއެވެ.
ބޮލީވުޑުން ކޯވިޑަށް ޕޮޒިޓިވްވީ ތަރިންގެ ލިސްޓަށް އިއްޔެ ވަނީ ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބައި ކަތިއަވަޅީ" ގެ ލީޑް ތަރި އާލިއާ ބަޓް އިތުރު ވެފަ އެވެ. އާލިއާ ވަނީ މިކަން އިއްޔެ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި މެސެޖެއްގައި ބުނެފައެވެ. އޭނާ ޕޮޒިޓިވްވިކަން އެނގިފައިވަނީ ގަންގޫބައި ގެ ސެޓްގައި ހުއްޓާކަމަށް ވެއެވެ. އޭނާ މި ވަގުތު ކުރިއަށް ގެންދަނީ މި ފިލްމުގެ ލަވައެއްގެ ޝޫޓިންގއެވެ.

މި ފިލްމުގެ ޑައިރެކްޓާ ސަންޖޭ ލީލާ ބަންސާލީ ވެސް ވަނީ މިދިއަ މަހު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއި އެކު ފިލްމުގެ ޝޫޓިންގ މެދުކަނޑާލުމަށްފަހު އަލުން ޝޫޓިންގ ފެށީ މާރިޗުގެ ފަހުކޮޅުވެ.
މީގެ އިތުރުން އާލިއާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ވެސް ވަނީ މިދިއަ މަހު ކޯވިޑް އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދާފައެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަމަށް ހަބަރުތަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ