5 ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

5 ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި 5 ރަށަކީ މ. މުލަށް، ވ. ރަކީދޫ، ރ. ފައިނު، ބ. ތުޅާދޫގެ އިތުރުން ރ.ރަސްމާދޫ އެވެ.

މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި 411.90 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 105 ދުވަހުގެތެރޭ ނިންމުމަށެވެ. މިއީ 17.66 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. މިމަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރީ 105 ދުވަސްތެރޭ ނިންމުމަށެވެ. މިއީ 9.16 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެމަޝްރޫޢުގައި 8،100 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެތެރޭ ނިންމުމަށެވެ. މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަ މި މަޝްރޫޢުގައި 11،700 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ 150 ދުވަހުގެތެރޭގައެވެ. މިއީ 10.13 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. 180 ދުވަހުގެތެރޭ ނިންމުމަށް މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 11.68 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށްތައް ތަމްސީލު ކުރައްވާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *