ސިޔާސީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް، ޗައިނާއާއި ދުނިޔޭގެ އެހެންގައުމުތަކާ ޚިޔާލު ތަފާތުވެފައިވާ، އެގައުމުގެ ޒިންގ ޖިއާންގެ މުސްލިމް އާބާދީތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ، އެމެރިކާ އަދި ކެނެޑާގެ އޮފިޝަލުންނާއި ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަފަޅު އަޅާއިފިއެވެ.
ޗައިނާގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުން، އެމެރިކާގެ އިންޓަރނޭޝަނަލް ރެލިޖަސް ފްރީޑަމް ކޮމިޝަންގެ ވެރިޔާ ގޭއިލް މަންޗިން، ޗައިނާނެ މެއިން ލޭންޑަށާއި، ހޮންގ ކޮންގ އަދި މަކާއޯއަށް އެތެރެ ވުމާއި، އަދި މި ތަންތަނުގެ އެއްވެސް ކުންފުންޏަކާއި އަދި މުވަައްސަސާއަކާއެކީ ވިޔަފާރީގެ އެއްވެސް ގުޅުމެއް ބޭއްވުންވެސް މިހާރުވަނީ މަނާކުރެވިފައެވެ.
އަދި މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އެމެރިކާގެ އިންޓަރނޭޝަނަލް ރެލިޖަސް ފްރީޑަމް ކޮމިޝަންގެ ވައިސް ޗެއަރ ޓޯނީ ޕާކިންސްއާއި، ކެނެޑާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްކަމިގައިވާ މައިކަލް ޗޮންގެ އިތުރުން ގާނޫނު ހަދާ މަޖިލިހުގެ އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ސަބް ކޮމިޓީވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ޒިއާން ޖިންގގައި ދިރިއުޅޭ، އުއިހޫރު މުސްލިމް މައިނޯރިޓީއާއި އަދި މިނޫނަސް މިސިޓީގެ މުސްލިމް މައިނޯރިޓީ އާބާދީތަކާއި ދެކޮޅަށް ޗައިނާ ސަރުކާރުން އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގަމުންދާކަމުގެ ތުހުމަތުތައް އެގައުމުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އަދި، މި ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ ފަރާތްތައް ބޮއިކޮޓު ކުރުމާއި އަދި މިނޫންވެސް ފިޔަވަޅުތައް ޗައިނާ ސަރުކާރުން މިހާރު ދަނީ އަޅަމުންނެވެ. މީގެތެރޭގައި، ބައިނަލް އަގުވާމީ މަޝްހޫރު ބައެއް ވިޔަފާރިތައް ކަމުގައިވާ، H&M އަދި Nike ވެސް ހިމެނެއެވެ.
"ޒިން ޖިންގއާއި ގުޅޭގޮތުން އެމީހުން ދައްކަމުންދާ ހަގީގަތާއި ޚިލާފް ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭނެ، އަދި ޗައިނާގެ އެތެރޭގެ ކަންކަމާ ބެހުންވެސް ހުއްޓާލަން ޖެހޭނެ. އެހެން ނޫނީ އެމީހުން ދަތުރުކުރަމުން އެދަނީ ނުރައްކާތެރި މަގަކުން. އަދި އެމީހުންގެ އިގިލިތައް އަދައިގެން ހިގައިދާނެ،" ޗައިނާގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
މި ހަފްތާގެ ހޮނިހިރު ދުވަހު ޗައިނާއިން ވަނީ، އިގިރޭސިވިލާތުގެ ބައެއް އޮފިޝަލުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި ޒިންޖިއާންގގައި އުފައްދާ ކަފައިގެ ބާވަތްތައް ގަތުމަށް ދުނިޔޭގެ މަޝްހޫރު ރީޓެއިލް ވިޔަފާރި ކުންފުންޏެއްކަމުގައިވާ H&Mއިން ދެކޮޅު ހެދުމާއި ގުޅިގެން، ޗައިނާގެ ހުރިހާ ވެބްސައިޓްތަކުންވަނީމ H&Mގެ އުފެއްދުންތައް ނައްތާލާފައެވެ.
އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާ ގުޅިގެން، ޒިންގޖިއާންގައި އިންސާނިއްޔާތާއި ޚިލާފް އަމަލްތައް ހިންގަމުންދާ ޗައިނާގެ އޮފިޝަލުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށް، ޔޫރަޕިއަން ޔޫނިއަންއިން މިގައުމުތަކާ ގުޅުމަށް ނިންމުމާއި ގުޅިގެން، ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ޔޫތުލީގުގެ ފަރާތުންވަނީ، H&Mއާއި ދެކޮޅަށް ކެމްޕޭންކުރަން ފަށާފައެވެ.
ދުނިޔޭގެ އެތަކެއް ގައުމުތަކުގެ ރިސާޗުކުރާ ފަރާތްތަކުންނާއި އަދި ސަރުކާރުތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ޗައިނާގެ ޒިންޖިއާން ސިޓީގައި ދިރިއުޅެމުންދާ 1 މިލިއަނަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ، މުސްލިމް މައިނޯރިޓީތައް، ޗައިނާ ސަރުކާރުންވަނީ، ކޭމްޕްތައް ހަދާ އެތަންތަނުގައި ހައްޔަރު ކޮށްފައެވެ. އަދި މިކޭމްޕުތަކުގައި، މަޖުބޫރުން މީހުން ލައްވާ އަޅު މަސައްކަތް ކުރުވުމާއި، އަދި ވިހެއުން މަދުކުރުމަށް އެމީހުންނަށް ދަނީ މަޖުބޫރު ކުރެވެމުންނެވެ.
ޗައިނާ ސަރުކާންވަނީ، މިތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އަދި ބުނެފައިވަނީ، މި ކޭމްޕްތަކަކީ، ވަޒީފާގެ ޓްރެއިނިން ސެންޓަރުތަކެއް ކަމަށާއި، އަދި ކޭމްޕްތަކުގެ މަގުސަދަކީ، އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުމާއި، ދީނީގޮތުން ހައްދު ފަހަނަ އަޅާއިދިއުން ނައްތާލުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ