މަގުމަތީ ކުނި ބަހައްޓާ މައްސަލަ ހައްލުކުރުމުގެ ބާރު ސިޓީ ކައުންސަލަކަށް ނެތް: ސިފާ

މަގުމަތީ ކުނި ބަހައްޓާ މައްސަލަ ހައްލުކުރުމުގެ ބާރު ސިޓީ ކައުންސަލަކަށް ނެތް: ސިފާ

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 10:26
0

މަގުމަތީގައި ކުނި ބަހައްޓާ މީހުން ޖޫރިމަނާކުރުމުގެ ބާރު އަދިވެސް އޮތީ އެންވަޔަރަމަންޓް މިނިސްޓްރީއަށްކަމަށް ވިދާޅުވެ މާލެ ސިޓިގެ މޭޔަރު ސިފާ މުޙައްމަދު ކަނބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގެ މަގުތައް މަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެފައިވާއިރު، އެކަމާއި ގުޅޭގޮތުން މޭޔަރު ސިފާ ވިދާޅުވީ، މަގުމަތީގައި ކުނި ބަހައްޓާ މީހުން ޖޫރިމަނާކުރުމުގެ ބާރު އަދިވެސް އޮތީ އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓުގެ ދަށުން އީޕީއޭގައިކަމަށެވެ. އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލުން ފުލުހުންނާއި ގުޅިގެން އެކަން ކުރެވޭނެގޮތެއް ހޯދުމަށް ވަނީ އެދިފައިކަމަށާއި، ހުޅުމާލެއާއި ވިލިމާލެ އަދި މާލެގެ ވެށި ސާފުކޮށް ބެހެއްޓުން މުހިންމުކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ޤަވާދއިދާއި ޚިލާފަށް މަގުމައްޗަށް ކުނިއަޅާ މީހުންގެ ކުނި ނެގުމަކީ ރައްޔިތުންގެ ފައިސާގެ ބޮޑު ބައެއް ބޭކާރުވުންކަމަށެވެ.

މާލޭގެ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ކުނި ބަހައްޓާ މައްސަލާގައި މާލެ ސިޓީ ކައުންސިލަށް ބާރެއް ނެތުމުގެ ކަންބޮޑުވުން މޭޔަރ ފާޅުކުރައްވާފައިވާއިރު، މާލޭގެ މަގުތަކުގެ ކަންކަން މަތީގައި ހަލާކުވެފައި ހުންނަ ގޭތެރޭގެ އެކި ސާމާނުތަކާއި، ކުނިވާ ޒާތުގެ ކުންޏާއި، ގަލާއި، ގާކުނޑި ބަހައްޓާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެފަދަ ކުނިތައް އުކާލުމަށް ވެކްމޯގައި ރަޖިސްޓްރީނުކޮށް، މަގުތައް މަތީގައި ބަހައްޓަމުން ދިޔަނަމަވެސް މާލެ ސިޓީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ވެމްކޯއިން އަންނަނީ އެ ކުނިތައް ނަގައި މާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ބުރަ މަސައްކަތެއް ކުރަމުންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.