މަޑުއްވަރީ ރޭޕް ކޭސް: ޝިދާތާ ވަކިކޮށްގެން ހައްލު ހޯދޭތޯ؟

މަޑުއްވަރީ ރޭޕް ކޭސް: ޝިދާތާ ވަކިކޮށްގެން ހައްލު ހޯދޭތޯ؟

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 10:09
0

ޖެންޑަރު މިނިސްޓަރުކަމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަކުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް ޙައްލު ލިބެމުންދޭތޯ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް(ސެމްބެ) ސުވާލު އުފައްދަވައިފިއެވެ.

ސެމްބެ މިގޮތަށް ސުވާލު އުފެއްދެވީ ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެންކުއްޖެ، ރޭޕްކުރުމާއި ގުޅިގެން، އެކުއްޖާއަށް ރައްކާތެރިކަންދީ ޙާލަތު ބަލަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނމާއި ގުޅިގެންނެވެ.

އެކަމަށް އިޝާރާތްކުރައްވާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވަނީ އެކަން ކުރި މީހުންގެ ފަރާތުން މުޖުތަމަޢުގަ ތިބި އެހެން ކުޑަކުދިންނަށް އޮތް ނުރައްކާ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވިގެން އުޅެނީ ކީއްވެތޯއާއި، ޝިދާތާ މަޤާމުން ދުރުކުރުމަކުން އެފަދަ މައްސަލަތަކަށް ހައްލު ލިބިގެން ދޭތޯވެސް މެންބަރު ސުވާލު ކުރެއްވިއެވެ.

ކޮބައިތޯ އެކަން ކުރި މީހުންގެ ފަރާތުން މުޖުތަމަޢުގަ ތިބި އެހެން ކުޑަކުދިންނަށް އޮތް ނުރައްކާ. އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީ ކީއްވެ؟ ޝިދާތާ ވަކިކޮށްފަ ޙައްލު ހޯދޭތޯ؟

– ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް

މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ، ކުޑަކުދިންނަށް ކުރާ އެފަދަ އަނިޔާތަކާއ ގުޅިގެން މައްސަލަތަަކަށް އިންސާފު ހޯދައި ނުދެވޭކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ޕްރެޝަރުކުރެއްވުމުންކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މިސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރެންސްކަމަށް ސަރުކާރުން ވިދާޅުވިނަމަވެސް އެފަދަ މައްސަލަތަކަށް ހައްލު ނުލިބި، އެފަދަ މައްސަލަތައް އިތުރުވަމުން އަންނަކަމަށްވެސް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މަޑުއްވަރީގައި ޢުމުރުން14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު، އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިމައްސަލާގައި ރޭޕްކުރި މީހުން ހައްޔަރުކުރުމަށް ގޮވާލަމުންދިޔަ މީހުންގެ ތެރެއިން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ރޭޕް ކުރިކަމަށް ތުހުމަތުކޮށް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.