މުސާރަ ކުޑަކުރަން ބާސާގެ ކުޅުންތެރިން ދެކޮޅު ހަދައިފި

މުސާރަ ކުޑަކުރަން ބާސާގެ ކުޅުންތެރިން ދެކޮޅު ހަދައިފި

ގުޅުންހުރި

ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ހުށަހެޅި ހުށަހެޅުމަށް އެ ކުލަބުގެ ކުޅުންތެރިން ދެކޮޅު ހަދައިފިއެވެ.

ބާސާގެ ކުޅުންތެރިންނާއި މުވައްޒަފުންގެ މުސާރަ ކުޑަކުރަން ބާޓޮމެއޫ ހުށަހެޅިއިރު، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ބާޓޮމެއޫ އާއި މެދު އެ ކުލަބުގެ ގިނަ ކުޅުންތެރިން ހިތްހަމަނުޖެހޭއިރު، ދާދި ފަހުން ބާޓޮމެއޫ ވަނީ ކުޅުންތެރިންނާއި އެ ކުލަބުގެ މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ހުށަހަޅާފައެވެ.

ބާޓޮމެއޫގެ ހުށަހެޅުން ގަބޫލުނުކުރަން ބާސާގެ ކުޅުންތެރިން މި ފަހަރު ނިންމި ނަމަވެސް، ކޯވިޑް-19 ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އެހީވުމަށް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ބާސާގެ ކުޅުންތެރިން ވަނީ މުސާރައިން 70 އިންސައްތަ އުނިކުރަން އެއްބަސްވެފައެވެ. އެ ހުށަހެޅުމަށް ބާސެލޯނާގެ ކުޅުންތެރިން ވަނީ ދެކޮޅު ހަދާފައެވެ.

ސްޕެއިންގެ ބާސެލޯނާގެ އެތެރޭގެ އިންތިޚާބު އަންނަ މާރޗް މަހު ބާއްވަން އެކުލަބުން ރަސްމީކޮށް އިއުލާންކޮއްފައެވެ. މި އިންތިޚާބުގައި ބާސެލޯނާގެ މިހާރު ރައީސް ޖޯސެފް ބާޓޮމެއުއަށް ބޮޑު ނާކާމިޔާބާ ކުރިމަތިލާން ޖެހޭނެކަމަށް ބުނާއިރު ކުލަބު ހިންގުމުގައި އޭނާ ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން ކުރީގެ ކުޅުންތެރިންނާ މިހާރު ކުޅުންތެރިނާ ސަޕޯޓަރުން އަންނަނީ ބާސެލޯނާގެ މެނޭޖްމަންޓް އިސްތިޢުފާ ދޭން ގޮވާލަމުންނެވެ. މި އިންތިޚާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާއާ ވިކްޓަރ ފޮންޓުގެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މިދިޔަ މަހު ވަނީ 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައެވެ. ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް16,520 މީހުންގެ ސޮއި ބޭނުންވާއިރު، މި މަހުގެ ކުރީކޮޅު ބާސާއިން ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ހާމަކޮށްފައެވެ.

އިތުބާރު ނެތްކުމުގެ ވޯޓު ހޯދަން މަސައްކަތް ކުރަމުންދާ ގުރޫޕުން ބުނީ ބާޓޮމެއާ ކުލަބުގައި އިތުރަށް މަޑު ކޮށްފިނަމަ މާލީގޮތުން ކުލަބު އިނދަޖެހި ބާސެލޯނާއަށް ފިއްތުންތަކެއް ކުރިމަތިވެދާނެކަމަށެވެ. މި ހަރާކަތުގެ ފަހަތުގައި އެންމެ ބޮޑަށް ހަރަކާތްތެރި ވަނީ ބާސެލޯނާގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަމަށް އިއުލާން ކޮއްފައިވާ ޖޯޑީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *