މިސްރުގައި ދެ ރޭލެއް މުޑިއަރާ 32 މީހަކު ވަނީ މަރުވެފަ

މިސްރުގައި 2 ރޭލެއް މުޑިއަރާ، އެކްސިޑެންޓް ވެެގެން 32 މީހަކު މަރުވެއްޖެ

މިސްރުގައި 2 ރޭލެއް މުޑިއަރާ، އެކްސިޑެންޓް ވެެގެން 32 މީހަކު މަރުވެއްޖެ

ގުޅުންހުރި

މިސްރުގައި ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ވެގެން، 32 މީހަކު މަރުވެ، 66 މީހަކަށް އަނިޔާ ވެއްޖެއެވެ. މި ހާދިސާ ހިގާފައިވަނީ، މިސްރުގެ އިތުރުގައި އޮންނަ ސިޓީއެއް ކަމުގައިވާ ސޮހަގްގައި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މި އެކްސިޑެންޓް ހިގައިގެން އުޅޭ ސަރަހައްދަށް، ސިއްޙީ އިދާރާތަކުން މިހާރު 36 އެމްބިއުލާންސް ފޮނުވާފައިވާ ކަމަށާއި، އަނިޔޭވެފައިވާ މީހުން މިހާރު ހޮސްޓަލްތަކަށް ގެންދަމުން ދާކަމަށެވެ.

މިހާރު އާންމުވާން ފަށާފައިވާ މި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ރޭލުތައްވަނީ، ރޭލު ދަގަޅުގެ މަތިން ކައްސާލާފައިވަނީ، ފެން ދަތުރު ކުރުމަށް ހަދާފައިވާ ޗެނަލެއްގެ މަތިންނެވެ.

މިސްރުގެ ރެއިލްވާ އޮތޯރިޓީން ބުނެފައިވަނީ، މި ދެރޭލު މުޑި އަރާފައިވަނީ، ކާކުކަން ނޭގޭ މީހަކު، ސޮހަގް ސިޓީގެ ކައިރީގައި ހުންނަ، އެމަޖެންސީ ބްރޭކްތައް ކުއްލިއަކަށް ޓްރިގަރ (އެމަޖެންސީކޮށް، ކުއްލިއަކަށް ބޭނުން ކުރުން) ކުރުމާއި ގުޅިގެންނެވެ.

އަދި މިގޮތަށް ކުއްލިއަކަށް ބުރަކި ޖެއްސުމާއި ގުޅިގެން، ކުރިން ދަތުރު ކުރަމުންދިޔަ ރޭލު ކުއްލިއަކަށް މަޑު ކުރުމާއެކު، ފަހަތުން އައި ރޭލު ކުރީގައި އޮތް ރޭލާ މުޑި އެރީއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކުން މިހާރުދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ނޯތު އެފްރިކާގެ ގައުމުތަކުގެ ތެރެއިން، އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ސަރަހައްދަކަށް ފެތުރިފައި އޮންނަ ރޭލު ނެޓްވާރކް އޮންނަނީ މިސްރުގައެވެ. އަދި އެގައުމުގައި ރޭލު އެކްސިޑެންޓް ހިގުމަކީ ވަރަށް އާންމު ކަމެކެވެ.

ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، 2017ވަނަ އަހަރު އެކަނިވެސް، މިސްރުގައި 1،793 ރޭލު އެކްސިޑެންޓް ހިގާފައި ވެއެވެ.

2018 ވަނަ އަހަރު، މިރުގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ އަސްވާނުގައި ދަތުރު ކުރަމުންދިޔަ ރޭލެއް ދަގަޑުން ކައްސާލުމުގެ ސަބަބުން، 6 މީހަކަށް އަނިޔާވުމުގެ ސަބަބުން، ރެއިލްވޭ އޮތޯރިޓީގެ އިސްވެރިޔާ މަގާމުން ދުރު ކުރެވިފައި ވެއެވެ.

ހަމަ އެހަރު، މިސްރުގެ ރައީސް އަބުލް-ފައްތާހު އަލް-ސީސީ ވިދާޅުވެފައިވަނީ، ވީރާނާ ވަމުންދާ ރެއިވޭ ސިސްޓަމުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ 250 ބިލިޔަން މިސްރުގެ ޕައުންޑް ނުވަތަ 14.1 ބިލިއަން އެމެރިކާ ޑޮލަރު އެގައުމަށް ބޭނުންވާ ކަމުގައެވެ. އަދި މިފައިސާ އަގައުމުގެ މާލިއްޔާގަ ނެތެކަމަށް ސިސީ ވަނީ ވިދާޅުވެފައެވެ.

ސީސީ މިގޮތަށް ވިދާޅުވެފައިވަނީ، ފަސެންޖަރުން އުފުލި ރޭލަކާ މުދާ އުފުލާ ރޭލެއް އެކްސިޑެންޓްވެގެން 12 މީހަކު މަރުވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ