މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން މިހާރު އެންމެ "ފިޓް"ކޮށް ހުންނަވާ އެއް ވަޒީރަކީ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙުލޫފްއެވެ. އެކަން ފެނިގެން ދިޔައީ މިއަދު ފާހަގަކުރާ މަޙްލޫފްގެ 40 ވަނަ އުފަންދުވަހާއި ގުޅިގެން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. ބޮޑީ ބިލްޑުކޮށް ހަށިގަނޑަށް ގެނައި ބަދަލާއި، އޭގެ ކުރިން ހަށިގަނޑު ހުރި ގޮތް ފޮޓޯތަކުން ފެނެއެވެ.
ހަށިގަނޑަށް "ސިކްސް ޕެކް" އަރުވާލުމަށްފަހު ގެނައި ބަދަލާއެކު މަޙްލޫފް ވިދާޅުވީ، ޢުމުރުފުޅުން 40 އަހަރުވެ 41 އަހަރަށް އަރައިގަތުމުން ހަށިގަނޑަށް ގެނެވުނު ބަދަލާމެދު ދެކެވަޑައިގަންނަވަނީ ވަރަށް "ޕޮޒިޓިވް"ކޮށް ކަމަށެވެ. އަދި ހާސިލްކުރަން ބޭނުންވި އަމާޒުގެ %90 ކާމިޔާބުވިކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ. އަދި މިހާރު ހަށިހެޔޮ ދުޅަހެޔޮކަން އިޙުސާސްކުރެއްވޭކަމަށާއި، އަމިއްލަ ނަފްސަށްކުރާ އިތުބާރުވެސް ބޮޑެވެއްޖެކަން މަޙްލޫފް ފާހަގަކުރެއްވިއެވެ.
How it started Vs how it’s going.
Okay, so here’s my journey.
My resolution on my 40th birthday was to transform my body for the next birthday. Today as I turned 41 I feel good,positive & confident that I achieved 90% of my target. I feel fit and healthy. pic.twitter.com/VMJJLfP5FK
— Ahmed Mahloof (@AhmedMahloof) March 26, 2021
ރީތި ހެޔޮ ބަދަލެއް ހަށިގަނޑަށް ގެނެސް އެ ފޮޓޯތައް ދައްކާލިނަމަވެސް، އެ ބަދަލު ގެނައުމަކީ ހަމަގައިމުވެސް ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. މަޙްލޫފް ވިދާޅުވީ އެބަދަލު ގެނައުމަށް އެއްންމެ ބޮޑު ގޮންޖެހުމަކަށްވީ ކޮނޑަށް ލިބުނު އަނިޔާކަމަށެވެ. ނަމަވެސް ޑޮކްޓަރުންނާއި ޑައިޓީޝަނުންގެ އިރުޝާދާއެކު އަމިއްލަ ހިތްވަރުން މަޙްލޫފް ވަނީ އެ އުނދަގުލާއެކުވެސް ހަށިގަނޑަށް ބަދަލު ގެނައުމަށް ކުރެއްވި މަސައްކަތް ކާމިޔާބު ކުރައްވާފައެވެ. އެ އަނިޔާއިން އަރައިގަތުމަށް ޑރ.ޝަކީބްގެ ފަރާތުން ލިބިވަޑައިގަތް އެހީތެރިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.
During my journey, I tore the tendons on both of my shoulders. I felt so bad and distressed. I was told that I should do surgery at one point. Thanks to Ahmed Shakeeb & Augustine who have always helped me to recover from injuries. pic.twitter.com/adbCUE2TvF
— Ahmed Mahloof (@AhmedMahloof) March 26, 2021
މަޙްލޫފް ވިދާޅުވީ، މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބުވާނެކަމަށެވެ. އެކަމަށް ބޭނުންވަނީ އަމިއްލަ ނަފްސަށް ޔަޤީންކަމާއި ހިތްވަރުކަމެވެ. މަޙްލޫފް ވަނީ "ބޮޑީ ޓްރާންސްފޯމް" ނުގެނައިކަމަށްވިޔަސް "ފިޓް"ކޮށް ދުޅަހެޔޮކޮށް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މަޙްލޫފް ވަނީ ހަށިގަނޑަށް އެ ބަދަލު ގެނައުމަށް އެހީތެރިވެދިން ފަރާތްތަކަށް ޝުކުުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ