މައިޒާންތަކާއި ޕާކުތައް މިއަދު ހުޅުވާލަނީ، ލޮނުޒިޔާރަތް ޕާކާއި، ސަލްޓަމް ޕާކު ހުޅުވާލަނީ މާދަމާ

މައިޒާންތަކާއި ޕާކުތައް މިއަދު ހުޅުވާލަނީ، ލޮނުޒިޔާރަތް ޕާކާއި، ސަލްޓަމް ޕާކު ހުޅުވާލަނީ މާދަމާ

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 02:10
0

މާލެ ސިޓިީގެ މައިޒާންތަކާއި ޕާކުތައް މިއަދުން ފެށިގެން ހުޅުވާފައި ހުންނާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޯވިޑް-19އާއި ގުޅިގެން ކޭސްތައް އިތުރުވެ މާލެ ސަރަހައްދުގައި ކާފިއު އިޢުލާންކޮށް، ދުއްވާ އެއްޗެހި ދުއްވުން މަނާކުރިއެވެ. އަދި މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައްވެސް ބަންދުކުރިއެވެ.

ނަމަވެސް އިއްޔެ ވަނީ މާލޭގެ އުޅަނދު ދުއްވުން މަނާގަޑިތައް އުވާލަ މައިޒާންތަކާއި ޕާކްތައް ހުޅުވާލުމަށް އެޗްޕީއޭއިން ހުއްދަ ދީފައެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ހުޅުވާފައި ހުންނާނެކަމަށާއި، ނަމަވެސް ލޮނުޒިޔާރަތް ޕާކު އަދި ސަލްޓަން ޕާކު ހުޅުވޭނީ ހޮނިހިރު ދުވަހުގެ ފަތިހު 5 ޖަހާ އިރުކަމަށެވެ.

ޕާކުތައް ބޭނުންކުރުމުގައި އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޕާކަށް ވަންނަ މީހުންގެ ހުންބެލުމާ، އަތް ސެނެޓައިޒްކުރުމާ އަތް ދޮވެވޭނެ އިންތިޒާމްވެސް ވަނީ ހަމަަޖައްސާފައެވެ. ޕާކަށް ވަދެވެނީވެސް މާސްކް އަޅައިގެންނެވެ.

ޕާކުތެރޭގައި އުޅޭއިރުވެސް އެއްވެ ނޫޅުމާ ގައިދުރުކަން ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެއްފަހަރާ ޕާކަށް ވަދެވޭނެ މީހުންގެ އަދަދުވެސް ކަނޑައަޅާފައިވާކަމަށެވެ. މި އަދަދަށް މީހުން ހަމަވުމުން އިތުރު މީހުންނަށް ވަދެވޭނީ އެއްބަޔަކު ނިކުތުމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.