ފަޒީން، ސިފާއަށް: ހުރިހާ ކަމެއްކުރުމުން، ރީތި ނަން ހޯދާލީ މަކަރުން

ފަޒީން، ސިފާއަށް: ހުރިހާ ކަމެއްކުރުމުން، ރީތި ނަން ހޯދާލީ މަކަރުން

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 10:14
0

ވިލިމާލޭގައި މަސްމާރުކޭޓް ޢިމާރާތްކުރުމަށް އެތަނުގެ ކުރެހުން ކުރަހާ ހުރިހާ މަސައްކަތެއް ކުރުމުން، އެކަމުގެ ރީތިނަން ހޯދާލީކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ސިފާ މުޙައްމަދަށް، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މުޙައްމަދު ފަޒީން ފާޑުވިދާޅުވެއްޖެއެވެ.

އެލްޖީއޭއިން އިއްޔެ ވަނީ ވިލިމާލެ މަސްމާރުކޭޓް ޢިމާރާތްކުރުމުގެ މަޝްރޫޢު މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަވާލުކޮށް މާލެސިޓީ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަފްޝަން ލަޠީފްއެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ސިފާ މުޙައްމަދެވެ.

ކައުންސިލަރު ފަޒީން ވިދާޅުވީ، ވިލިމާލެ މަސްމާރުކޭޓް ކުރަހާ މަސަކަތައް ކުރީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއެކު، އެފަރާތުގެ ލަފައާއި އެއްގޮތަށްކަމަށެވެ. ނަމަވެސް އިއްޔެ އެގްރިމެންޓްގައި ސޮއިކުރި ރަސްމިއްޔާތަށް ކޮމެޓީ މެންބަރުނަށް އަންގާފައެއް ނުވާކަމަށާއި، ހުރިހާ މަސައްކަތެއް ކޮށްނިންމުމުން ކަންތައްތައް ކުރިކަމުގެ ރީތިނަން ހޯދާލަނީ މަކަރަކުންކަމަށް ފަޒީން ވިދާޅުވިއެވެ.

ފަޒީން އާއި ސިފާ ދެބޭފުޅުން ސޯޝަލް މީޑިއާގައި އަންނަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑުވިދާޅުވަމުންނެވެ. ވިލިމާލޭ މަސްމާރުކޭޓް އެޅުމަށް އެ މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ވިލިމާލެ މަސްމާރުކޭޓް މަޝްރޫއުއަކީ އެލްޖީއޭގެ ބަޖެޓުގައި ހިމެނޭ މަޝްރޫޢުއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.