ހުރާ އިން އިތުރު 25 މީހުން ޕޮޒިޓިވްވެއްޖެ

ހުރާ އިން އިތުރު 25 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 09:19
0

މާލެއަތޮޅު ހުރާއިން އިތުރު 25 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެޖެއެވެ.

ހުރާއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ މާލެ ގެނެސް ޓެސްޓް ހެދުމުންނެވެ. މިއާއެކު އެރަށަށް އަރައިފޭބުން މަނާކޮށް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށް މޮނިޓަރިންއަށްލީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ވަނީ ނަގާފައެވެ.

ހުރާ ސިއްޙީ މަރުކަޒުން ބުނީ އެރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ތެރެއިން2 މީހަކު ޕޮޒިޓިވްވިކަމަށާއި،އ ޭގެ ފަހުން ނެގި ރެންޑަމް ސާމްޕަލްތަކުން އިތުރު25 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މިއައެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ28 އަށް އަރާފައެވެ.

މާލެ އަތޮޅާއި، އުތުރުގެ ވަރަށް ގިނަ ރަށްތަކަކަށް ކޯވިޑްގެ ކޭސްތަކެއް ފެނި ވަނީ މޮނިޓަރިންއަށް ލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.