ޙާފިޒުން ގެނައުމަށް ވީސާއަށް އެދުމަށް ހުޅުވާލައިފި

ޙާފިޒުން ގެނައުމަށް ވީސާއަށް އެދުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 08:58
0

ކުރިއަށް އޮތް ރަމަޟާންމަހު ތަރާވީހު ނަމަދުކުރުމަށް ޙާފިޒުން ގެނައުމަށް ބޭނުންވާ ވީސާއަށް އެދި ހުށައެޅުމަށް އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނީ ހާފިޒުން ގެނައުމަށް ވީސާއަށް އެދި ހުށައަޅަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އެގޮތުން ވީސާއަށް އެދި ހުށައަޅާއިރު، ކައުންސިލުން ފުރިހަމަކޮށްފައިވާ "ސްޕެޝަން ވީސާ"އަށް އެދޭ ފޯމާއާއި، ވީސާއަށް އެދޭފާރާތުގެ މަޢުލޫމާތާއި، "ޕާސްޕޯޓް ޑޭޓާ ޕޭޖު"ގެ ކުލަ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއި އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދަ ހިމެނޭހެން ހުރިހާ ލިޔުމެއް ހުށައެޅުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ބުނީ ހާފިޒުންގެ އާއިލާތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީސާ ކަމަށާއި، އާއިލާ މީހުން ގެންނަކަމަށްވާނަމަ އެމީހުން ގެންނަ ކައުންސިލުން އެމީހުން ސޕޮންސަރ ކުރަންވާނެކަމަށެވެ. ވީސާއަށް އެދި އޮންލައިންކޮށް ހުށައެޅުމުން ރަސްމީ7 ދުވަހުގެތެރޭގައި ހުއްދަ ލިބޭނެ ފަރާތްތައް ސިސްޓަމް މެދުވެރިކޮށް އެނގޭނެކަމށްވެސް އިމިގްރޭޝަނުން ބުންޏެވެ.

މީގެ ކުރިން ރަމަޟާންމަހު ތަރާވީޙް ނަމާދުކުރުމަށާއި، ވަޢުޟު ވިދާޅުވުމަށް އިސްލާމިކް މިނިސްޓްރީންވެސް ޙާފިޒުން ރާއްޖެއިން ބޭރުން ގެނެއެވެ. ނަމަވެސް މިފަހަރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޙާފިޒްުން ނުގެންނާނެކަމަށާއި، ރަސްރަށުގެ ކައުންސިލުން ބޭނުންވެއްޖެނަމަ ޙާފިޒުން ގެނައުމުގެ ހުއްދަ ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ބޭރުން ޙާފިޒުން ގެންނަނަމަ އެޗްޕީއޭގެ އުސޫލްތަކަށް އަމަލުކޮށް ޤަވާއިދުިތަކަށް ވެސް ކައުންސިލުން ބެލުމަށް އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިފަހަރު ޖަމާޢަތުގައި ތަރާވީޙް ނަމާދުކުރުމަށް ފުރުޞަތު ދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.