އެކެއްގެ ނުވަތަ އެއް ޕާޓީއެއްގެ މުށުތެރޭ ރާއްޖޭގެ ހުރިހާ ބާރެއް އޮތުމުގެ ފަލްސަފާއާއި ދެކޮޅަށް އުފަންވި ސިޔާސީ ޕާޓީން މިއަދު ހުރިހާ ބާރެއް މުށުތެރެއަށްލުމަށް މަސައްކަތްކުރަނީ ޑިމޮކްރަސީ ކުރިއަރުވަންތޯ ސުވާލުކުރައްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލައުންސިލް އިންތިޚާބު ކާމިޔާބުކުރުމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެމްޑީޕީން ބުނަމުންދަނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށެވެ. ނަމަވެސް ވެރިކަން ހިންގުމާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި ކައުންސިލްތަކުގެ މެޖޯރިޓީ އޮތް މިސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް ރައްޔިތުންނަށް ބޭނުންވާކަންކަން ނުފުއްދޭކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި ވަނީ އެކެއްގެ/އެއް ޕާޓީއެއްގެ މުށުތެރޭ ރާއްޖޭގެ ހުރިހާ ބާރެއް އޮތުމުގެ ފަލްސަފާއާއި ދެކޮޅަށް އުފަންވި ސިޔާސީ ޕާޓީއިން މިއަދު ހުރިހާ ބާރެއް މުށުތެރެއަށްލާ އެންމެ ފަހުން ކައުންސިލުވެސް މުށުތެރެއަށް ގެންނަން މަސައްކަތްކުރަނީ ޑިމޮކްރަސީ ކުރިއަރުވަންތޯސުވާލު ކުރައްވާފައެވެ.
އެކެއްގެ/އެއް ޕާޓީއެއްގެ މުށުތެރޭ ރާއްޖޭގެ ހުރިހާ ބާރެއް އޮތުމުގެ ފަލްސަފާއާއި ދެކޮޅަށް އުފަންވި ސިޔާސީ ޕާޓީއިން މިއަދު ހުރިހާ ބާރެއް މުށުތެރެއަށްލާ އެންމެ ފަހުން ކައުންސިލުވެސް މުށުތެރެއަށް ގެންނަން މަސައްކަތް މިކުރަނީ ޑިމޮކްރަސީ ކުރިއަރުވަންތޯ? ނޫނީ އަންބޮޑި ބޮޑުކުރަންތޯ? pic.twitter.com/TFvXAVLUQ4
— Mohamed Maleeh Jamal (@maleehjamal) March 25, 2021
މަލީހު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އަސާސަކީ މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުވުންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވުމުންވެސް، އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރި ބައެއް ބޭފުޅުންނާއި، އެޕާޓީގެ ބައެއް މެންބަރުންގެ ނުރުހުންވެސް ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ