ނައިފަރަށް ދަތުކުރި މީހުން ކަރަންޓީންވެ، ކޯވިޑަށް ޓެސްޓްކުރުމަށް އަންގައިފި

ނައިފަރަށް ދަތުކުރި މީހުން ކަރަންޓީންވެ، ކޯވިޑަށް ޓެސްޓްކުރުމަށް އަންގައިފި

Author
މުޙައްމަދު ޖިމީ
25 މާރޗް 2021 04:20
0

ޅ.ނައިފަރަށް މިމަހުގެ 10ގެ ފަހުން ދަތުރުކޮށްފައިވާ މީހުން ކަރަންޓިންވެ އަދި އެ މުއްދަތުކުގެ ކުރިން ދަތުރުކުރި މީހުންވެސް ކޯވިޑް-19އަށް ޓެސްޓްކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޅ.ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ، 10 މާރިޗްގެ ފަހުން ޅ.ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ. އަދި އެ ތާރީޚްގެ ފަހުން ޅ.ނައިފަރަށް ގޮސްފައިވާ މީހެއް ވާނަމަ،، ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ ދަންނަވާފައެވެ.

އެޗްޕީއޭއިން ބުނީ، އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަން ވާނެކަމަސާއި، އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށެވެ.

10 މާރިޗް 2021 ގެ ފަހުން ޅ.ނައިފަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ދަންނަވަން.

– ހެލްތި ޕްރޮޓެކްޝަން އެޖެންސީ

އެޗްޕީއޭއިން ބުނީ ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރަންވާނެކަމަށެވެ. އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަންވާނެކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމުން އެރަށް ވަނީ މިހާރު މޮނިޓަރިންއަށްލައި އެރަށަށް އަރައިފޭބުން މަނާކޮށްފައެވެ. ނައިފަރުން އިއްޔެ ކުޅުދުއްފުށްޓަށް ގެންދިޔަ ބަލިމީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށިވެސް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. މީގެ އިތުރުން  މަސްވެރިން ކޮންމެ ދުވަހަކު މަސްކިރަންދާ ޅ.ފެލިފަރުވެސް މޮނިޓަރިންއަށްލައި104 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓްކުރުމަށް ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.