ޕްރެޝަރާހެދި ސައްލެ މަޢާފަށް އެދިވަޑައިގެންފި، ނަމަވެސް ވާހަކަތައް ދިފާޢުކުރެއްވި

ޕްރެޝަރާހެދި ސައްލެ މަޢާފަށް އެދިވަޑައިގެންފި، ނަމަވެސް ވާހަކަތައް ދިފާޢުކުރެއްވި

Author
މުޙައްމަދު ޖިމީ
25 މާރޗް 2021 04:02
0

ސިވިލް ސާރވިސް މުވައްޒަފުން ނިކަމެތިވާގޮތަށް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ފާޑުކިއުންތަކާއި ޕްރެޝަރާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) މަޢާފަށް އެދިވަޑައިގެންފިއެވެ.

ސައްލެ ވިދާޅުވީ، ސިވިލް ސާރވިސް މުވައްޒަފުންނަށް އިޙްތިރާމް ކުރައްވާކަމަށެވެ. ނަމަވެސް ސައްލެ ވަނީ ދެއްކެވި ވާހަކަތަކުގެ ދިފާޢުގައިވެސް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ މަޢާފަސް އެދިވަޑައިގެން ކުރެއްވި ޓްވީތްގައި ވަނީ އޭނާދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭގޮތަށް ވާހަކ ފަތުރަނީކަމަށާއި، ޖުމްލަކޮށް ދެއްކެވި ވާހަކަފުޅަކީ ޕްރޮފެޝަނަލް ސިވިލް ސާރވިސްގައި ހުންނަންޖެހޭނެކަމަށް ޢިލްމުވެރިން އެއްބަސްވާ ސިފަތައްކަމަށެވެ.

ކުރީގެ ސިވިލް ސާރވަންޓެއްގެ ގޮތުގައި ޕްރޮފެޝަނަލް ސިވިލް ސާރވިސްއެއް ރާއްޖޭގައި އުފެއްދުމަކީ ބޮޑު އުއްމީދެއް. މަޖިލީހުގަ ވަހަކަ ދެއްކީވެސް އެގޮތުގައި. ވާހަކައިގެ ތަންތަންކޮޅު ވަކިން ޓްވިސްޓް ކުރިޔަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަނަލް ސިވިލް ސާރވިސްގައި ހުންނަންޖެހޭކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލްތަކެއް.

ސައްލެ މިހެން ވިދާޅުވިނަމަވެސް އޭނާ މަޖިލީހުގައި ވަނީ ވަރަށް ފާޅުކޮށް ސިވިލް ސާރވިސް މުވައްޒަފުން ނިކަމެތިވާގޮތަށް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ސިވިލްސާވިސް މުވައްޒިފުންނަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ، ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ވާހަކަ ދައްކައި ހެދޭނެ ބައެއް ނޫންކަމަށެވެ.

ސިވިލްސާވަންޓުންގެ އަނގަ ބަންދު ކުރަން އުޅުމުން ސައްލެ ހޫނުފެނަށް!

ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށާއި، އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށްވެސް ސައްލެ މަޖިލީހުގައި ވިދާޅުވިއެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
މިއެމްޑީޕީ އާލާތުން އަދި ކެނރީގޭ ފާދިރީވެސް އިސްލާމްދީނަށް ފުރަށްސާރަ ކުރާވާހަކަތަށް މީޑިއާ ކުރިމަތީގައި ކޮންމެފަހަރަކު ކޮންމެވާހަކައެއް ދަށްކާފަވެސް އެބަބުނެއޭ ތިމަންނަ ކީވާހަކަތަކެއްނޫންކަމަށް އެއީ ތިމަންނަ ދެއްކިވާހަކަ އޮޅުވައިލާން އޮޅޭގޮތަށް ބަޔަކުދަށްކާ ދޮގުވާހަކަތަކެއްކަމަށް އެކަހަލަ ޖާހިލުންދަށްކާ އަހަރެމެންވެއްޖެ ޤަބޫލްނުކުރަން އެހެންނޫންތޯ ވަރަށްސާާފް
އ އަމާން
ކެނެރީ ނަޝީދު ވެސް ޑެންމާކުގަ ﷲ އާއި ރަސޫލާ އަށް އިހާނެތި ބަސް ބުނެފަ ބުނީ ބުނިއެއްޗެއް އޮޅުން އަރައިފި ނަމަ މާފު ކުރާށޭ.
ޢ ޢަލީ
ތިޔަ ވިދާޅުވަނީ ރަނގަޅަށް ކޮންމެ ވާހަކައެއް ދައްކާފަ ވެސް ތިމަންނާ ދެއްކި ވާހަކަ ރައްޔިތުންނަށް އޮޅުން އަރާނަމަ މާފު ކުރާށޭ ބުނީމާ ނިމުނީ. ދިވެހިން މޮޔައިން ކަމަށް ހަދަނީތަ. ތިންވަނަ ފިކުރަކަށް ދިވެހިން މިތިބީ ނިކުމެ ﷲ ގެ ވާގިފުޅާ އެކު ކާމިޔާބު ވާނެ.
ހ ހުދުހުދު
ހިތަށްއެރިއެއްޗެއް ގޮވާފައި މާފަށް އެދުނީމާ އޯކޭ އެއް ނޫން..ރިވެތިގޮތަކީ އިސްތިޢުފާ ދިނުން...ސިވިލްސާވަންޓުން ނަކީ ޙަޤީޤަތުގަ ގައުމު ހިންގާ މީހުން. ތިޔަ މެންބަރުންނަށް ވުރެ މާގަދަރުވެރި ބައެއް އެއީ. މޮޔައިން ކަމަށް ހީނުކުރާތި.ދެކެވުނު ވާހަކަ ޢިލްމުވެރިކުރުމަށް މަކަރުވެރި ވާހަކަ ދައްކާނެ ކަމެއް ނެތް. އެމީހުން ޕާޓީއެއްގެ ފިކުރު ހުއްޓަސް މަސައްކަތް ކުރަނީ ކުލަތަކަށް ބަލައިގެނެއް ނޫން.