ސިވިލް ސާރވިސްގެ އިޚްލާސްތެރި ޚިދުމަތް ސިޔާސީ ގޮތުން ކިނލަބު ނުކޮށްލާ: ޣައްސާން

ސިވިލް ސާރވިސްގެ އިޚްލާސްތެރި ޚިދުމަތް ސިޔާސީ ގޮތުން ކިނލަބު ނުކޮށްލާ: ޣައްސާން

Author
މުޙައްމަދު ޖިމީ
25 މާރޗް 2021 02:47
0

ސިވިލް ސާރވިސްގެ އިޚްލާސްތެރި ޚިދުމަތް ސިޔާސީގޮތުން ކިލަނބު ނުކޮށްލުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން މިކަމަށް ގޮވާލެއްވީ ސިވިލް ސާރވިސް މުވައްޒަފުން ނިކަމެތިވާގޮތަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ދެއްކެވި ވަހަކަފުޅާއި ގުޅިގެންނެވެ. ސިވިލްސާވިސް މުވައްޒިފުންނަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ، ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ވާހަކަ ދައްކައި ހެދޭނެ ބައެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔައި ރައްދު ދެމުންނެވެ.

ސައްލެގެ ވާހަކަފުޅަށް އިޝާރާތްކުރައްވާ ޣައްސާން މައުމޫން ވިދާޅުވީ، ސިވިލް ސާރވިސް މުވައްޒަފުންނަކީ ދައުލަތުގެ ހަގީގީ ހިންގުންތެރިންކަމަށާއި، ޤައުމީ ޚިދުމަތެއްގެ އަގު ވަޒަންނުކޮށް ފުރައްސާރަކުރުމުން ތަރައްޤީގެ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރު ފެންނަމުންދާކަމަށެވެ. ޣައްސާން ވަނީ ސިވިލް ސާރވިސްގެ އިޚްލަސްތެރި ޚިދުމަތް ސިޔާސީ ގޮތުން ކިލަނބު ނުކުރުމަށް ގޮވާލައްވާފައެވެ.

ސިވިލް ސާރވިސް މުވައްޒަފުންނަކީ ދައުލަތުގެ ހަގީގީ ހިންގުންތެރިން. ޤައުމީ ޚިދުމަތެއްގެ އަގު ވަޒަންނުކޮށް ފުރައްސާރަކުރުމުން ތަރައްޤީގެ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރު އެބަފެނޭ. ސިވިލް ސާރވިސްގެ އިޚްލަސްތެރި ޚިދުމަތް ސިޔާސީ ގޮތުން ކިލަނބު ނުކޮށްލަމާތޯ؟

– މުޙައްމަދު ޣައްސާން މައުމޫން

ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.

ސިވިލް ސާރވިސް މުވައްޒފުން ނިކަމެތިކޮށްލުމަށް ދެއްކި މިވާހަކަތަކަށް ވަރަށް ގިނަ ބައއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކުވެރިއެއް
ދަންނަވަންތޯ ރަށްވެހި ނަޖިސް އެމްޑީޕީ ކޮންމެފަހަރަކުވެސް ވެރިކަމަށް އަންނަނީ ރަށްޔިތުންނަށް ބޮޑެތި އޮޅުވާލުމާއި ބޮޑެތި ދޮގުތަށްހަދައި މަކަރާއި ހީލަތްހަދާ ދިވެހިރަށްޔިތުންނަށް ފާޑްފާޑް ޚިޔާލީ ފޮލާތަށް ކަށްކައިގެން ނުވާވަރުގެ ދޮގުވައުދު ތަށް ހަރުއަޑުކޮށް ގޮވަމުން ދިވެހިރަށްޔިތުން ގުނބޯ ހައްދައިގެން އިނގޭތޯ ވަރަށްސާފް