ވެކްސިން ޖެއްސެވުމަށްފަހު، ވެކްސިން ބަރާބަރުކަން އަތުން އިޝާރާތްކޮށްދައްކަވަނީ

އިގިރޭސި ބޮޑުވަޒީރު އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާއިފި

އިގިރޭސި ބޮޑުވަޒީރު އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާއިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އެސްޓްރޭޒެނެކާ ވެކްސިނާ ގުޅޭގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފާއިތުވެދިޔަ ހަފްތާތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިގެން ގޮސްފައިވިނަމަވެސް، އެގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާިއިފއެވެ.

ޖޯންސަން ކޯވިޑް19 ވެކްސިން ޖައްސަވާފައިވަނީ، ހުކުރު ދުވަހު ހަވީރު، އިގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އެސްޓީ ތޯމަސް ހޮސްޕިޓަލުގައެވެ.

ވެކްސިން ޖެއްސެވުމަށްފަހު، ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، އޭނާއަށް ވެކްސިން ޖައްސަވާދެއްވީ، ލިލީ ނަމަކަށް ކިޔާ، ވަރަށް ރަގަޅު ނަރުސް ކުއްޖެއްކަމުގައެވެ. އަދި އޭނާގެ ވާތަށް މިވެކްސިން ޖެހުމަށްފަހު، ޖޯންސަންވަނީ، ވެކްސިން ބަރާބަރުކަމަށް އަތުން އިޝާރާތް ކުރައްވާ ވިދާޅުވެފައެވެ.

ބޮރިސް ޖޯންސަން ވެކްސިން ޖެއްސެވި، އެސްޓީ ތޯމަސް ހޮސްޕިޓަލަކީ، މީގެ އަހަރެއްކުރިން، ކޯވިޑަށް ޕޮޒިޓިވް ވުމާއިގުޅިގެން ޖޯންސަން އައިސީޔޫގައި 3 ދުވަސް ވަންދެން އެޑްމިޓް ކޮށްފައި ބޭއްވުނު ހޮސްޕިޓަލެވެ.

"އެއްވެސް ކަމެއް ވިހެނެއް އަހަރެންނަކަށް އިހުސާސެއް ނުކުރެވޭ. ވަރަށް އަވަހަށް އެކަން ނިމިގެން ހިގައްޖެ، ހުރިހާ އެންމެވެސް މި ވެކްސިން ޖެއްސެވުން އެދެން،" ވެކްސިން ޖެއްސެވުމަށްފަހު، އުމުރުން 56 އަހަރުގެ ޖޯންސަން ވިދާޅުވެފައި ވެއެވެ.

"ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން، ވެކްސިން ޖެހުމުގެ ނޯޓިފިކޭޝަން ލިބުމާއިއެކު، އަވަހަށް ވަޑައިގެން ވެކްސިން ޖައްސަވާ، އެއީ އަމިއްލަ ނަފްސަށްވެސް ކުރެވޭ ވަރަށް ބޮޑު ހެޔޮކަމެއް، އަމިއްލަ އާއިލާއަވެސް، އަދި އެހެން ހުރިހާ އެންމެންނަށްވެސް،" ވެކްސިން ޖެއްސެވުމަށްފަހު ބޮރިސް ޖޯންސަން ވިދާޅުވެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، އިގިރޭސި ބޮޑުވަޒީރު ޖޯންސަން ވިދާޅުވެފައިވަނީ، އެސްޓްރާޒެނެކާ ވެކްސިންގެ ސަބަބުން ލޭ ގަޑުވުމުގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމަށާއި، އަދި މި ވެކްސިންކީ ރައްކާތެރި ވެކްސިނެއް ކަމުގައެވެ.

އިގިރޭސިވިލާތުގެ ކަމާގުޅޭ އޮފިޝަލުން ވަނީ، ހުކުރު ދުވަހު އެކަނިވެސް، 660,276 އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒްގެ އިގިރޭސިވިލާތުގެ އެކި ކަންކޮޅުތަކިގައި ދީފައިވާކަން ހާމަކޮށްފައެވެ.

މިއީ މިހާތަނަށް އެންމެ ގިނައަދަދެއްގެ ވެކްސިން އެއްދުވަހެގައި އެގައުމުގައި ދީފައިވާ ދުވަހެވެ.

ރެކޯޑްތަކުން ދައްކާގޮތުގައި، އިގިރޭސިވިލާތުގައި މިހާތަނަށް 26,263,732 ވެކްސިން ދީފައިވާއިރު މީގެތެރެއިން 2,011,070 މީހުންނަކީ 2 ވަނަ ޑޯޒް ޖަހާފައިވާ މީހުންނެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި އިގިރޭސިވިލާތުގެ ބޮޑެތި މީހުންގެ ދެބައި ކޮށްފަ އެއްބައި މީހުން މިހާރުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

އިގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްއިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 22,337,590 މީހުން މިހާރުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މިއީ އެގައުމުގެ 18 އަހަރުން މަތީގެ އާބާދީގެ %50.5 މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.