މަސްވެރިންތަކެއް ބޮޑުކަންނެއްޔެއް ބާނަނީ - ފޮޓޯ: ދިވެހި މަސްވެރިން

ރާއްޖޭގައި ބޮޑުކަންނެލީގެ އަގު އުފުލިއްޖެ

ރާއްޖޭގައި ބޮޑުކަންނެލީގެ އަގު އުފުލިއްޖެ

ރާއްޖޭގައި ބޮޑުކަންނެލީގެ އަގު އުފުލިއްޖެ އެވެ.

ބައެއް ކުންފުނިތަކުން ބޮޑުކަންނެލި ކިލޯއެެއް މިހާރު 80 ރުފިޔާއަށްވެސް އަންނަނީ ގަންނަމުންނެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މި ފާއިތުވި ދެތިން ދުވަހުގައި އާންމުކޮށްފައިވާ، ކުންފުނިތަކުން ބޮޑުކަންނެލި ގަންނަ އަގުތަކަށް ބަލާލާއިރު ގިނަ ކުންފުނިތަކުން ކަންނެލި ކިލޯއެއް 70 ރުފިޔާއިން މަތިން މިހާރު އަންނަނީ ގަންނަމުން ނެވެ. އެގޮތުން މިހާރު އެންމެ ބޮޑު އަގުގައި ކަންނެލި ގަންނަ 2 ކުންފުންޏަކީ ޔޫރޯ ގްލޯބަލް އާއި ސީއެމްއެފް އެވެ. މި ދެކުންފުނިން 30 ކިލޯއަށްވުރެ މަތިން ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 80 ރުފިޔާއަށެވެ. އަދި 30 ކިލޯއިން ދަށް ނަމަ ކަންނެލި ކިލޯއެއް މި ދެކުންފުނިން ގަންނަނީ 60 ރުފިޔާއަށެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޮޑު ކަންނެލި ގަންނަ އެއް ކުންފުނި އެންސިސް އިން، 30 ކިލޯއަށްވުރެ މަތިން ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 75 ރުފިޔާއަށެވެ. އަދި 30 ކިލޯއިން ދަށް ނަމަ ކަންނެލި ކިލޯއެއް އެންސިސް އިން ގަންނަނީ 50 ރުފިޔާއަށެވެ. އެންސިސްގެ އިތުރުން އޯޝަން ހަންޓަރ، ސީ ސްޕެއަރ އަދި އެމްކިއުއެސް އިން ވެސް މިހާރު ބޮޑުކަންނެލި ގަންނަމުންދަނީ މި އަގުގައި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އާންމުކޮށްފައިވާ އަގުތަކުން އެނގެއެވެ.

އާންމުގޮތެއްގައި ރާއްޖެއިން ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ބޮޑު ކަންނެލީގެ ގޮތުގައި ބަލަނީ 30 ލިކޯއަށްވުރެ ބަރު ކަންނެއްޔެވެ. އެހެންނަމަވެސް 30 ކިލޯއާއި 18 ކިލޯއާ ދެމެދުގެ ކަންނެލިވެސް ދަށް އަގުގައި ކުންފުނިތަކުން ގަންނަމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *